ދިވެހިރާއްޖޭގެ ނޫ-ފެހި އިޤްތިޞާދަކަށް މަގުފަހިކުރުމަށްޓަކައި ދިރުންތަކުގެ މުއްސަނދިކަން މެނޭޖްކުރުން ހަރުދަނާކުރުމުގެ މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް މުޙައްމަދު ފާއިޒާއި، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ އެވެ. އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، މި މަޝްރޫޢަށް ހަ މަސްދުވަސް ފުރުނުއިރު ހާސިލުކުރެވިފައިވާ މުހިންމު ކުރިއެރުންތަކާއި، މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެކުލަވާލާފައިވާ ތާވަލަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންކަން ކަނޑައަޅައި، މަޝްރޫޢުގެ ރޭވުންތައް ޢަމަލީ މައިދާނުގައި ހަލުވިކަމާއެކު ތަންފީޛުކުރަން ފެށުމަށްޓަކައި މުހިންމު ނިންމުންތަކެއް ވަނީ ނިންމަވާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެއްޓާއި ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ތިމާވެށްޓާ ރައްޓެހި ފެހި އަދި ނޫ އިޤްތިޞާދެއް ބިނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ނޫ-ފެހި އިޤްތިޞާދަކަށް މަގުފަހިކުރުމުގެ މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.