އދ.ދިއްދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށް ހާމަކޮށްފިއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ދިއްދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމާއި އައު އިމާރާތް އެޅުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ބީމް އަދި ސްޓްރަކްޗަރަލް ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ އިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތަކާއި ބީމް ފްރޭމްވޯކް އެޅުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީއިން ހާމަކުރައްވާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމާއި، ގާތްގަނޑަކަށް 4،600 އަކަފޫޓުގެ ސަރަޙައްދެއްގައި ފާރު ރޭނުމުގެ އިތުރުން ޕޯޓިކޯއެއް ހެދުން ހިމެނެއެވެ.
މި މަޝްރޫޢަކީ 12.03 މިލިއަން ދިވެހި ރުފިޔާ ގެ އަގުހުރި މަޝްރޫޢެކެވެ. މުޅި މަޝްރޫޢު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.