ކްރިއޭޓިވް ނެޓްވޯކުން ގިނަ ދުވަސްތަކެއް ވަންދެން އިޝްތިހާރުކުރަމުންދިޔަ "މިޝަން ޖޭޖޭ" ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް މިހާރު ރަސްމީކޮށް ފެށިގެން ކުރިއަށްދާކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި މިއަށްވުރެ އިތުރު ތަފުސީލުތައް ސަޕޯޓަރުންނަށް ހާމަކުރާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި އަދާހަމައާއެކު، މި ޕްރޮޖެކްޓާ ގުޅުވައިގެން ސިއްރު ލަވައެއް ކަމަށްވާ "ހުވަފެނީ ތަސްވީރު" ވަނީ އާންމުކޮށްފައެވެ. މި ލަވަޔާއެކު މީސްމީޑިއާގައި ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ. ލަވަ ކިޔާފައިވާ ފަންނާނުގެ ނަން ހާމަކޮށްފައިނުވާއިރު، ކްރިއޭޓިވް ނެޓްވޯކުން ވަނީ މިއީ މުބާރާތަކަށް ހަދާފައެވެ. ލަވަކިޔުންތެރިޔާއަކީ ކާކުކަން ރަނގަޅަށް ގެސްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް، ސީރީޒް ލޯންޗުކުރާ ދުވަހު ހާއްސަ ހަދިޔާއެއް ލިބޭނެއެވެ. ސޯޝަލް މީޑިއާގެ ރަސްމީ ޕޯސްޓްތަކަށް ކޮމެންޓްކޮށްގެން ސަޕޯޓަރުން އަންނަނީ އެމީހުންގެ ލަފާކުރުންތައް ހިއްސާކުރަމުންނެވެ. "މިޝަން ޖޭޖޭ" އަކީ، ފިލްމީ ދާއިރާގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ކްރިއޭޓިވް ނެޓްވޯކްގެ އެންމެ ފަހުގެ މަސައްކަތެވެ. އެ ކުންފުނިން އެންމެ ފަހުން ނެރުނު ފީޗާ ފިލްމު "ލިލީ" ނޮވެމްބަރު 2025 ގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރެވުނުއިރު، އެ ފިލްމަށް ވަނީ ޓިކެޓް ބުކިން ސިސްޓަމަކާއި، މީސްމީޑިއާ ކެމްޕޭންތައް ހިމެނޭހެން ފުރިހަމަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ހިންގާފައެވެ. މިވަގުތަށް "ހުވަފެނީ ތަސްވީރު" ގެ އަޑުގެ ވެރިޔަކީ ކާކުކަން އެނގުން ވެގެންގޮސްފައިވަނީ އެންމެންގެ ހިތުގައި އުފެދިފައިވާ ސުވާލަކަށެވެ. ކްރިއޭޓިވް ނެޓްވޯކުން ބުނާ ގޮތުގައި ލަވަކިޔުންތެރިޔާ އަދި ޕްރޮޖެކްޓާ ބެހޭ އެހެން އިތުރު މައުލޫމާތުތައް ހާމަވުމަށް ދެން މާ އިންތިޒާރެއް ކުރާކަށް ނުޖެހޭނެއެވެ. "މިޝަން ޖޭޖޭ" ގެ އިތުރު ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނުކުރެވޭނެއެވެ. އަދާހަމަތައް ހޯދުމަށް ކްރިއޭޓިވް ނެޓްވޯކްގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކަށް ފޮލޯ ކުރައްވާށެވެ.
"ހުވަފެނީ ތަސްވީރު"، މިސްޓީރިއަސް މީހާއަކީ ކާކު؟

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.