ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އޭނާ ދެ މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސިވިލް ކޯޓުގެ ޤާޟީ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން، މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް އޭނާ މަޤާމުގެ މަސައްކަތުން ދުރުކުރުމަށް އެ ކޮމިޝަނުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ޖޭއެސްސީން މި ފިޔަވަޅު އަޅާފައިވަނީ އެ ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާ އަށް ޙަވާލާދީ ކަމަށްވެސް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާޟީ އިޙްސާން ސަސްޕެންޑް ކުރުމަށް ނިންމިއިރު، އޭނާއާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގެ މުވައްޒަފުންގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ވެސް ފާހަގަކުރެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.