ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ދެހާހާށްވުރެ ގިނަ މީހުން ދިރިއުޅެމުން ދަނިކޮށް ، 1962 ފެބްރުއަރީ 14 ގައި އޭރުގެ ސަރުކާރުން ( މަރުޙޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި) އަނިޔާވެއިކަމާއި ރަޙުމް ކުޑަ ގޮތަކަށް އެރަށުން މީހުން ބާލާ ، ފަޅުރަށެއްގެ ގޮތުގައި ބޭއްވުމަށްފަހު އަލުން އާބާދުވާން ހަމަޖެއްސިތާ 60 އަހަރު ފުރުން ފާހަގަ ބާއްވާ ހަރަކާތްތަށް މިރޭ އެ ސިޓީގައި ފަށާނެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ހުރިހާ ޚަރަދަކާއި ޙަރަކާތްތައް އިންތިޒާމް ކޮށް 3 ދުވަހުގެ މުއްދަތަށް "އުފާ ފާޅު ކުރުމުގެ " އީދެއްގެ ގޮތުގައި ކުރިޔަށް ގެންދާ މި ހަރަކާތްތަކަކީ މިހާތަނަށް ތިނަދޫގައި ކުރިޔަށް ގެންދާ އެންމެ ކުލަގަދަ އަދި އެންމެ ބޮޑު ފާހަގަ ކުރުމެވެ. އާބާދީދުވަސް ގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރަމުން އަންނަ "އޮގަސްޓް 22" މި އަހަރު އެންމެ ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރު ކުރެވިފައެވެ. އެގޮތުން ރަށުގެ ބައެއް މަގުތައް ކުލަ ބޮކި ތަކުން ދިއްލާ, ރަށް ވަނީ ވަރަށް ބޮޑަށް ސާފު ކޮއްފައި ކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ޤައުމީ ދިދަ އާއި ތިނަދޫގެ ދިދަ ބޮޑެތި މަގުތަކުގައި ހަރުކުރުމާއި އެކު ގިނަ ކަންކަން ތަކެއް ވަނީ ކޮށްފައެވެ.
3 ދުވަހުގެ އެޖެންޑާ








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.