1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަނީ

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ---- ފޮޓޯ: ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފުޅާކޮށް، ކާމިޔާބު އަދި ރަނގަޅު ޚިދުމަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ. ސީޕްލޭން އޮޕަރޭޝަނަކީ މޯލްޑިވިއަނަށް ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން އުފުލުމަށް އެ ކުންފުނިން ވަރަށް ކުރީއްސުރެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، މިހާރުވެސް މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި 11 ބޯޓު އޮތް ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ސިނާއަތަށްވާއިރު، އެ ސިނާއަތަށް އެހީތެރިކަން ދިނުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ކުންފުނީގެ ވިޔަފާރިއަށްވެސް ނުހަނު މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވީ، "އަޅުގަނޑުމެން މިދަނީ ސީޕްލޭންގެ ފެސިލިޓީ އަޕްގްރޭޑްކޮށް މުޅިން އައު ސީޕްލޭން ޓާމިނަލްއެއްގެ ގޮތުގައި ކުރީގައި ހުރި ޓާމިނަލް މުޅިން އަލުން އަޅުގަނޑުމެން ތަރައްޤީކޮށް އެވެސް ވަރަށް އަވަހަށް ވިޔަފާރިވެރިންނަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެ ޚިދުމަތް ލިބޭގޮތައް ހުޅުވާލެވޭނެ. ހަމައެއާއެކު އިތުރު ބޯޓުތައްވެސް އަޅުގަނޑުމެން ހޯދަން މިފެށީ. ސީޕްލޭން ވިޔަފާރިއަށް މިހާރުވެސް އަޅުގަނޑުމެންނާއި ނެގޯޝިއޭޓްކުރޭ ރަނގަޅު ބޮޑެތި ބްރޭންޑެޑް ރިސޯޓްތަކުންވެސް ސީޕްލޭން ކޮންޓްރެކްޓް ހަދަން. އެހެންވީމަ މުސްތަޤްބަލުގައި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަން ފެނިގެންދާނީ ވަރަށް ކާމިޔާބު ރަނގަޅު ޚިދުމަތެއްދޭ އެއަރލައިންއެއްގެ ގޮތުގައި."
300 × 250

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ ރިސޯޓްތަކުގެ އިތުރުން ބައެއް ރަށްތަކަށްވެސް ސީޕްލޭންގެ ޚިދުމަތް ދެމުން އަންނައިރު، ފްލީޓް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން އިތުރު ސީޕްލޭން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ 11 ވަނަ ދުވަހު ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ، ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި، ބޯޓު މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަ ގޮތްތަކެއް އެކުލެވޭ ބޯޓުތަކެކެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި