އއ. ހިމަންދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ)އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ، ގްރޮއިން ޕްރޮފައިލިންގްގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރުއުގެ ދަށުން، 29,125.29 ކުއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރު ޖެހުމާއި، 104 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 58 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނެއެވެ. މިއީ 27.51 ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއެކެވެ.
910 މީހުން ދިރިއުޅެމުންދާ ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ނިމުމުން، ހުޅަނގު މޫސުމުގެ ދުވަސްވަރު ދިމާވާ ދަތިތަކުގެ އިތުރުން ރަށަށް އުދައެރުމާއި ކުދި ޑިންގީ ފަހަރު ފަޅަށް ވަދެނިކުމެ ހެދުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެދެވޭ ހައްލެއް ފަހިވެގެންދާނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.