1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދަނގެތީ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓިސީސީ
ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓިސީސީ
މަރިޔަމް އަފީފާ
ފޮންޓް ސައިޒް
އާދައިގެ

އދ. ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ދަނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށް ހާމަކުރައްވައިފިއެވެ.

މަސައްކަތު އަދާހަމަ ހިއްސާކޮށް، މަޝްރޫއު ކުރިއަށް ގެންދާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެ މަޝްރޫއުގެ ދަށުން އެތެރޭގެ އެއްގަމުތޮށީގެ ބްލޮކް އަތުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

700 ފޫޓު ދިގު 300 ފޫޓް ފުޅާ މި ބަނދަރަކީ، ދައުލަތުން 51.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2018 ވަނަ އަހަރު ނިންމާފައިވާ ބަނދަރެކެވެ. ނަމަވެސް ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ލަފާފުރުމުގެ ދަތިކަން ބޮޑުވުމާއި ގުޅިގެން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

300 × 250

ދަނގެތި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ.

މީގެ އިތުރުން، 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި، 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމުގެ އިތުރުން މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިއީ ސަރުކާރުގެ ބަޖެޓުން 71.16 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި