1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުން ދަރަނި ދައްކާތީ އިންވެސްޓަރުންގެ ޝައުގެވެރިކަން ރާއްޖެއާ މެދު ބޮޑުވެއްޖެ

މާލީ ވަޒީރު ހަސަން ޒަރީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މާލީ ވަޒީރު ހަސަން ޒަރީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަރިޔަމް އަފީފާ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުން ދަރަނި ދައްކާތީ އިންވެސްޓަރުންގެ ޝައުގެވެރިކަން ރާއްޖެއާ މެދު ބޮޑުވެއްޖެއެވެ.

މިފަދައިން ހާމަކުރައްވާފައިވަނީ، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރުއެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވަނީ ދަރަނި އަދާކުރުމުގެ ފައިދާތައް ފާހަގަކުރައްވާފައެވެ.

300 × 250

ވަޒީރު ވިދާޅުވީ ދަރަނިތައް އަދާކުރުމަކީ އަބަދުވެސް ހުރިހާ ސަރުކާރެއްގައިވެސް ކުރަމުން އައި ކަމެއް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ދެއްކީ މިސަރުކާރުން ދާދިފަހުން ދެއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ދަރަނި އަނބުރާ ދެއްކުމާއި އަދި ދައުލަތުން އަދާކުރަން ޖެހޭ ދަރަނީގެ އިލްތިޒާމުތައް އަދާކުރަމުން ދިއުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި މިކަން މިހާރު ބައްދަލުވާ އިންވެސްޓަރުންގެ ފަރާތުންވެސް އެނގިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަރަނި އަދާކުރުުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބި ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ރަނގަޅުވެ ވެފައިވާކަން ހާމަކުރައްވާ ވަޒީރު ވަނީ، ކައިރި މުސްތަޤުބަލެއްގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓްތައް އަންނާނެ ކަމުގެ އުއްމީދު، އަޅުގަނޑުމެންގެ އެބައޮތް ކަމަށް ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި