ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އައްޔަންކޮށްފިއެވެ. މި އައްޔަންކުރުމާ ގުޅިގެން އެ ކޯޕަރޭޝަނުން ވަނީ ފައިހަތަށް މަރުޙަބާ ކިޔައި، އޭނާގެ އިރުޝާދާއި ތަޖުރިބާގެ ދަށުން ކުންފުންޏަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ލިބޭނެ ކަމަށް އުންމީދުކުރާކަން ހާމަކޮށްފައެވެ.

ހަސަން ފައިހަތަކީ ސިޔާސީ އަދި އިދާރީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު މީގެ ކުރިން ފުރުއްވާފައެވެ.

ދިވެހި ރައްޔިތުންނަށް އަތްފޯރާފަށުގައި އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 25 މާރިޗު 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދި އެފްޑީސީއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަޝްރޫޢަކީ ހުޅުމާލޭގެ ދެ4,000 ހައުސިންގ ޔުނިޓްގެ ބިޔަ މަޝްރޫޢެވެ. "އަމާން ދޯދި" އަދި "އަމާން އުދަރެސް" ގެ ނަމުން ނަންދެވިފައިވާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރު އިމާރާތް ކުރަމުންދާއިރު، މީގެ ތެރޭގައި 2 ކޮޓަރީގެ 600 ޔުނިޓާއި 3 ކޮޓަރީގެ 1,400 ޔުނިޓް ހިމެނެއެވެ. ފައިހަތުގެ އައްޔަންކުރުމާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޛުކުރުމުގައާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގައި އައު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ..