1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްވެރިކަމުގެ ސިނާޢަތުގެ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވުމަށް 278 މިލިޔަން ރުފިޔާ

 މެޗިން ގްރާންޓް ސްކީމް އިފްތިތާޙްކޮށްދެއްވަނީ. ފޮޓޯ: ވުޒާރާ
"އާރުވެރި" މެޗިން ގްރާންޓް ސްކީމް އިފްތިތާޙްކުރުން. : ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
މަރިޔަމް އަފީފާ
ފޮންޓް ސައިޒް
އާދައިގެ

މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްކުރާ ފަރާތްތަކަށް 7 ދާއިރާއަކުން މާލީ އެހީތެރިކަން ލިބޭ "އާރުވެރި" މެޗިން ގްރާންޓް ސްކީމް އިފްތިތާޙްކޮށްފިއެވެ.

މެންހެޓަން ބިޒަނަސް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އާރުވެރި މެޗިން ގްރާންޓް އިފްތިތާޙްކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.

މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މަސްވެރިކަމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

300 × 250

މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ޤާއިމުކުރުމަކީ، މި ސްކީމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މި ސްކީމުގެ މަޤްޞަދެކެވެ.

މި ސްކީމްގެ ދަށުން ޚާއްޞަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޚަރަދުގެ %40 ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ. އާރުވެރި ގްރާންޓް ދޫކުރާ ދާއިރާތައް: 1. ދަޅު އުފައްދާ ފެކްޓަރީއެއް ތަރައްޤީކުރުމަށް 2. މަސް ކާރުޚާނާތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ނިޒާމު ހަރުކުރުމަށް 3. މަސްވެރި އުޅަނދުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ހަރުކުރުން 4. ވުޒާރާގެ ފަރާތުން ދޫކޮށްފައިވާ ރަށެއްގެ ޢުމްރާނީ ތަރައްޤީއަށް 5. މެރިކަލްޗަރ މަސައްކަތް ކުރުމަށް 6. މަސް ކާރުޚާނާ ތަރައްޤީކުރުމަށް 7. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެލިއު އެޑިޝަން މަސައްކަތްތަކަށް.

މި ގްރާންޓްގެ ދަށުން ޖުމްލަ 278 މިލިޔަން ރުފިޔާ އެކި ދައިރާތަކުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި