ބ. މާޅޮހު މިސްކިތުގައި މިހާރު ކުރިއަށް ދަނީ ބީމް ޖެހުމުގެ މަސައްކަތް ކަމަށް، މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
މަޝްރޫއުގެ އަދާހަމައާ އެކު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމްޓީސީސީއިން ހާމަކުރައްވާފައިވާ ގޮތުގައި، މާޅޮހުގައި ޒަމާނީފެންވަރަށް އިމާރާތްކުރަމުންދާ މިސްކިތުގައި މިހާރު ކުރިޔަށްދަނީ ތަނބުތަކާއި ފުރާޅުގެ ބީމްތަކުގެ ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތައް ކަމަށެވެ.
މި މިސްކިތް ނިމިގެންދާއިރު އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ސިސްޓަމް ހަރުކުރެވި، މުޅި މިސްކިތް ފުރިހަމައަށް އޭސީ ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މި މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވައިދޭނެ ކުލާސްރޫމަކާއި، އެހެނިހެން ޒަމާނީ ވަސީލަތްތައް ވެސް ޤާއިމުކުރެވޭނެއެވެ. އަދި އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ މިސްކިތުގައި ހުންނާނެއެވެ.
މީގެއިތުރުން، މި މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވައިދޭނެ ކުލާސްރޫމަކާއި، އެހެނިހެން ޒަމާނީ ވަސީލަތްތައް ވެސް ޤާއިމުކުރެވޭނެއެވެ.
މި މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. މާޅޮހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.