1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވާހަކަ

ސިލްސިލާ ވާހަކަ: ހުވަފެނީ ތަސްވީރު - ފަހުބައި

މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ

ޒިވާގެ ހިތުގައި ޖައްސައި އޭނާއަށް އަޅައިލުން ނުދެވުނީތީ ނަވީން ދެރަވިއެވެ. ޒިވާއަކީ އަސްލެވެ. ތަސްވީރުގައި އެވަނީ ފުރާނެ ނެތް ކުރެހުމެކެވެ. އެތަސްވީރަށް ފުރާނަ އެޅިގެން އޭނާ ގާތައް އޭގައި ހުރި އަންހެނާ ދުވަހަކުވެސް ނާންނާނެއެވެ. އެންމެ ރަނގަޅުގޮތަކީ އެ ތަސްވީރު އެގޮތުގައި ބަހައްޓައި ޚިޔާލީ ދުނިޔެއިން ސިކުނޑިން ނެރެލައި ހަޤީޤަތާއި ކުރިމަތިލުމެވެ. ޒިވާއަކީ އޭނާއަށް ވާން އުޅޭ އަނބިމީހާއެެވެ. އޭނާގެ މުސްތަޤުބަލެވެ. ހަޔާތް ބާއްޖަވެރިކުރަން ހަޔާތުގެ ތަނބުކޮޅަށް ޖަހައި އޭނާއާ އަތާ އަތްގުޅައިގެން ދިރިއުޅުން ބިނާކުރަން ހުރި ފަރާތެވެ. ދުވަސްތައް ފާއިތުވާން ފަށައި ކަންތައް ހަމައަކަށް އެޅުނެވެ. އެ އަހަރުނިމެން ގާތްވިއެވެ. ޑިސެމްބަރ މަހު އޭނާކައިވެންޏަށް ތައްޔާރީތައް ވިއެވެ. ޒިވާގެ ހުވަފެން ސީދާވަނީއެވެ. އޭނާ އިންތިޒާރުކުރާ ދުވަސްއައިސް ޖެހިއްޖެއެވެ. ނަވީން ދިރިއުޅޭ ގެއަކީ ތަނަވަސް ޖާގަބޮޑު ތަނެއްކަމުން އޭނާ ގޭގައި ކައިވެނި ސައިޕާޓީ ބާއްވަން ހަމަޖެހުނެވެ. ނަވީން ޢާއިލާމީހުންނާ ޒިވާގެ މައިންބަފައިން ބައްދަލުކޮށް ވަރަށް އުފާވެރިވަގުތުތައް ހޭދަވިއެވެ.  ޒިވާ އޭނާ ބޭނުންވި ގޮތައް ނަލަ ވެޑިންގް ޑްރެސްގައި ނަލަވެގެން ހުއްޓެވެ. އެހެނަސް އަދި ކައިވެނީގެ ގޮށްޖަހައި ހަފްލާފެށެން ގަޑިއިރު ވާނެއެވެ. ހާޒިރުވާން ތިބި އެއްބަޔަކު އަދި އައުން ލަސްވާނެއެވެ.  އެންމެން ވާހަކަދައްކަން ތިބީ ސިޓިންގް ރޫމްގައެވެ. ކޮންމެ މީހެއްގެ މޫނުން ފެންނަނީ އުފާވެރިކަމެވެ. ނަވީން ތައްޔާރުވެ ނިމެނީއެވެ. ޒިވާ ނަވީންގެ ކޮޓަރިއަށް ވަނެވެ.

 ޒިވާ: ޑާލިންގް އަދިވެސް ތައްޔާރުވެ ނުނިމޭދޯ؟ އަހަރެން ހީކުރި އަހަރެންމީ އެންމެ ތަތްމީހާކަމަށް.  އެކަމަކު އެހެނެއްނޫން ދޯމިވީ. އޭނާއަށް މަޖާވިއެވެ. ނަވީން އޭނާ ބޫޓަށް އަރައި ލޯގަނޑުކުރިމަތީ ހުއްޓިހުރިއިރު ވަަރަށް ހިތްގައިމެވެ.

ޒިވާ: ވާވް. މައި ހޭންޑްސަމް މޭން. އޭނާ ވަރަށް އުފާވިއެވެ. ނަވީން ކޮޓަރީގައި ފާޚާނާއާ ޖެހިގެން ހުރި ކުޑަ ކޮޓަރިއަކީ އޭނާގެ ރަސްމީ ކުރަހާ ވޯރކްޝޮޕެއް ކަހަލަތަނެކެވެ. އެތަނުގައި ހުރިހާ ސާމާނުތައް ހުންނާނެއެވެ.  ނަވީން ފޯނަށް އޭނާގެ އޮފީސް މިތުރުންތަކެއް ގުޅަން ފެށިއެވެ.

300 × 250

 ނަވީން: އެސްކިޔުޒް. ޔާންޓެމެން އައީކަންނޭނގެ. ޓެން މިނިޓްސް . އޭނާ މޫނަށް މަޖާގޮތެއް ހަދާލައި ނިކުތީ ކޮޓަރިން ބޭރަށެވެ.

 ޒީވާ ހަމަޖެހިލައިގެން އެނދުގައި އިށީނެވެ. ލައިގެން ހުރި ހެދުމަށް ރުލެއް ނުޖެހިވޭތޯ އޭނާ ބެއްޔެވެ. ކޮންމެ އަންހެންކުއްޖެއް ވެސް އަލަތުކައިވެނީ ކުރާ ދުވަހަކީ އެކުއްޖެއްގެ ހަޔާތައް ލިބޭނެ އެންމެ އުފާވެރި އެއްދުވަސްކަން ގައިމެވެ. ފުންނޭވާއެއްލިއެވެ. އޭނާ ހިތަށް އެރިމިކަމުން ތެދުވެ ފެންނަން ހުރި ކުޑަކޮޓަރި ތަޅުގައި އަތްޖައްސާލުމުން ހުޅުވުނެވެ. ވަަރަށް މަޖާވިއެވެ. ނަވީންގެ ހަޒާނާ ރައްކާކޯށްފައި ހުންނަތަނެވެ. އެތަނަށް ވަދެފައި އޭނާ ހައިރާންވިއެވެ. ނަވީނާކީ ހާދަ މޮޅު ހުނަރުވެރިއެކެވެ. އޭނާ އޮފީހަށާ އެހެނިހެން ވިޔަފާރިތަކަށް ކުރަހަން ޖެހޭ ތަސްވީރުތައް ކުރަހާފައެވެ. އެކިދިމާގައި ޒާތްޒާތުގެ ކުލަތައް އަޅާފައި ހުރި ތަށިތަކާ ފުޅިއާ ކުލަ ޖައްސާފިހިތައް ބައިވަރެވެ.  ކުލަފަންސޫރުން ފެށިގެން ފެންކުލަތައް ފޮށިތައް ބައިވަރެވެ. އޮއިލް ޕެއިންޓިންގް ކުލަތައް ނަން ހުސްކޮށް ކިޔާނެކަމެއް ނެތެވެ. އެންމެ ނަލަކަމީ އެހުރިހާއެއް އަތުރާލައި ހުރީ އެހާމެ ތަރުތީބުން އެހާ ފަރުވާތެރިކޮށެވެ.

އޭނާ ވަށައި ނަޒަރުހިންގާލުމުން އެ ލޮލުގައި އަޅައިގަތީ  ކުލަ ފުޅިތަކެއް އަތުރާފައި ހުރިކުޑަމޭޒު ފަހަތުގައި ނިވާވެފައި ހުރި އެއްކަލަ ތަސްވީރެވެ. ހުދު ތުނިފޮތި ނިވަލުގައި އެހުރީ ޚާއްސަކުރެހުމެއްކަން ގައިމެވެ. ޒިވާއަށް އެއްޗެއް ހަނދާންވިއެވެ. އާނއެކެވެ. ނަވީން އަބަދުވެސް ވަަރަށް ގަޔާވެގެން ތަސްވީރެއް ކުރަހަން އިސްކަންދިނެވެ. އެއީ ޒިވާނޫން ދެން ކާކު؟ އޭނާ ހިތްއުފަލުން ފޮޅިގަތެވެ. ފަރިރާގެއްގައި އޭނާ ގޮސް އެކުރެހުމުގައި ހުރި ތުނި ފޮތިގަނޑު ދަމާ ކަހާލިއެވެ. އޭނާގެ ލޯބޮޑުވިއެވެ. އަނގަހުޅުވި ހައިރާންވިއެވެ.  ކީއްވެކަމެއް ނޭނގޭ އޭނާއަށް އެކިގޮތްތަކުން އެކިދުވަސްވަރު ނަވީން އޭނާއާ ވާހަކަތައް ދައްކައި ހެދިއިރު މި ތަސްވީރާ ބެހޭގޮތުން ދެއްކި ބައިވަރި އެކި ވާހަކަަތައް ހުރި އަންހެނާ އަކީ އޭނާ ހިތުގެ ރާނީކަން ހާމަކުރިއެވެ.

 އެ އަންހެނާގެ ފުރަތަމަ ފެނިލުމުންވެސް ނަވީންގެ ހިތްކަތިލެވިގެން ދިޔަ ފުންލޯތްބެއްވި ވާހަކަތަކެވެ. އޭނާ ސިކުނޑީގައި ހުރި އެސިފަވި އަންހެނާއާ ނުލައި އޭނާއަށް ދުނިޔެއަކީ އެއްވެސް މާނައެއްނެތް ކުލައެއްނެތް ހުސް ހުދު ކަރުދާސްގަނޑެއް ފަދަވި ވާހަކަތަކެވެ. ނަވީން ހިތުގައި ކުރަހައި މި ކުލަޖައްސައި ފުރިހަމަ ކުރަނީ ޒިވާގެ ސިފައެއްނޫން ކަން މި ތަސްވީރަށް ފުންނަޒަރެއް ހިނގާލިކޮންމެ މީހަކަށް އެނގުންވާނެއެވެ. މި ގުޅުން ޒިވާއާއި ހަމައަށް އަންނަންދެން އެވީދުވަސްތައް ދެމެދުގައި ޖެހުނު މައްސަލަތަކާ ނަވީންނަށް އައި އެ ބަދަލުތައް މި ތަސްވީރަށް ބަލާލުމުން ޒިވާ ހިތުގައި އޮތްހައި ސުވާލެއްގެ ޖަވާބު އެއްވެސް އުނިކަމަކާއި ނުލައި ލިބުނު ކަހަލައެވެ. އޭނާ ތުންފަތުގައި ދަތްއަޅައިލެވުނެވެ. ލޮލުން ހުއްޓުމެއްނެތި ކަރުތައް އޮހޮރިގެންފިއެވެ. ހަފްލާއަށް މީހުން އެއްވެ ޖަމާވިއެވެ. އެކަމަކު ހަފްލާއެއް އެކަމަނާ ނެތި ފުރިހަމަ ކުރާނީ ކިހިނެއް؟ ނަވީން ދެފަރާތް ބަލާލައި އަވަސްފިޔަވަޅުން ކޮޓަރިއަށް ވަނެވެ. ދެފަރާތައް ބަލާލައި ފެނުނީ އެއްކަލަ ހަޒާނާ ކޮޓަރި ދޮރުހުޅުވާފައި ހުއްޓައެވެ. ހިތްތެޅިގެންފިއެވެ. އޭނާ އެތަނަށް ވަނުމުން އެފުނީ... މިހުރިހާ އިރު އޭނާއާ ފަސްދީގެން ހުރި ޒިވާ އެނބުރުނެވެ. އޭނާ ކޯތާފަތް ރަތްވެފައި ކަރުނަތަކުން ކޮށްފައި ހުރި މޭކަޕުތައް މޫނުގައި އުނގުޅި މުޅިން ޚަރާބުވެފައެވެ. ޒިވާ ނޫން ބުނަމުން ބޯތަޅުވާލިއެވެ.

 ނަވީން: ޒިވާ ޕްލީސް. އެއީ ހަމައެކަނި ކުރެހުމެކޭ. އެއްވެސް ހަޤީޤަތެއް ނެތް ކަމެކޭ ، އަަޅޭ އަހަރެން މި ދައްކާ ވާހަކަ ޤަބޫލުކުރޭ. މިހާރު އެންމެންވެސް އައިސް އެތިބީ ހިނގާ އަހަރެންނާ އެކީ ދާން.

ޒިވާ:އޭނ. ކީކޭ؟ ކޮންތާކަށް ދާން. ނަވީނަށް އައި ބަދަލުތަކުން އަހަރެންނަށް އެނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން. އަހަރެންނަށް ގުޅާގެން .. ދެން އޭނާ ނަޒަރުހިންގާލީ އެ ތަސްވީރަށެވެ. އޭގައި ހުރި ނިވާކަން ކުޑަގޮތައް ހުރި އަންހެން ސޫރައަށެވެ. އެއަންހެނެއް ދެކެ ލޯބިވާ ވާހަކަ ދައްކައި ކެނޑިހާ ފޮނި އަހަރެންނަށް ހަނދާން އެބަހުއްޓޭ. މިއަދު... މިއަދު އަހަރެންނަށް މިހުރިހާ ހަޤީޤަތެއް އެގުނީމަ ދެން ..... އޭނާ ގިސްލާފައި ރޯންފެށިއެވެ.

300 × 250

ނަވީން: ޒިވާ ޕްލީސް ހެޔޮނުވާނެ. އެކަން ހަނދާން ނައްތާފާ ހިނގާ މެރީ ކުރަން. ނަވީން ދެރަވެގެން އަތްތުރުތުރު އަޅައެވެ. ޒިވާ: އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް. އޭނާ ވީދެރައިންނާ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ. ދެނެކާދެނެއް ނުބަލައި އަތުޖެހުނު އެއްޗެއް ވައްތައި ހަޅޭއްލަވައިގަތެވެ. އަދި ކުރިމަތީ އެހުރި މޭޒުގައި އަތުރާފައި ހުރި ކުލަތަކުން ރަތްކުލަ ފުޅިނަގައި އޭނާ ކުރިމަތީހުރި ތަސްވީރަށް އެއްލިއެވެ. ނަވީން އަޑުގެކޮޅަށް ރޮއެގަތެވެ. އޭނާ ނިކަމެތިވެގެން ބިމަށް ކަކޫޖަހައި ތިރިވިއެވެ. އޭނާގެ މި މައިތިރިވުމުން ވެސް ޒިވާއަށް އެނގުނީ ނަވީންގެ ހިތަށް ކުރި އަސަރުގެ ބޮޑުކަމެވެ. އޭނާ އެހައި ލޯބިން ކުރަހައި ކުޖައްސައި އެހުރި ތަސްވީރު ރަތްކުލައިން ޚަރާބުވުމުން އޭނާގެ ނަފްސަށް ކޮންޓްރޯލް ނުވެގެން އެހެރަ ބިމަށް ނިކަމެތި ކަމާއެކީ ހިތްހަލާކުވާހާލު ތިރިވީއެވެ. ނޫނޭވާ ލައްކަވަރު ވެއްޖެތާއެވެ.

 ހަޤީޤަތަކީ ވަގުތު ޖެހުމުން ބޭނުން ނުވިއަސް އޭގެ ޒާތުގައި މިނިވަންކަމާ އެކީ އަމިއްލަ އިޚްތިޔާރަކާ ނުލައި އެންމެންގެ ލޯތަކަށް ފާޅުވާއެއްޗެކެވެ. ޒިވާ ރޮމުން އެތަނުން ނިކުތެވެ. މޫނު މިލާމޯޅިވެފައި އިން ނަވީންގެ ހަޔާތް ކުލަތައް އުނގުޅި ބަންޑުންވެ ގަޑުބަޑުވީހެއްޔެވެ؟ އޭނާ ގޮތަކަށް އިސްދަށަށް ޖަހައިގެން އެންމެންތެރެއަށް  ލަދުވެތި މޫނަކާއިގެން ނިކުތެވެ. އޭނާއަށް ޒިވާ ކީއްކުރަން އެކެއް ކުރެންވެސް މާފަށް އެދޭނެ ގޮތެއް ނޫނީ ހިތްވަރެއް ނެތެވެ. ޒިވާ އޭނާ މަންމަ އުނގުގައި ބޯއަޅައި ގަދައަޑުން ރޮނީއެވެ. އޭނާ ދުށް މަންޒަރާ ކަންތައް ވީގޮތް މަންމައާ ދެން ތިބިބަޔަކަށް އޮޅުންފިލުވާދީފިއެވެ.

 ނަވީން:' ޒިވާ... ޕްލީސް އައިއޭމް ސޮރީ. ޕްލީސް އަހަރެންނާ ވާހަކަ ދައްކަބަލަ. ޒިވާ.... އޭނާ ގޮވާލުމުން ޒިވާ މަންމަގެ ނުރުހުންތެރި ލޯ އަނގުރެހެން ނަވީނާދިމާއަށް ނަޒަރުހިންގާލައި އިނގިލިން ތުންފަތުގައި އިޝާރާތްކޮށްލީ ޝޫހް"  

އަޒީމާ: ދެން ހެޔޮ ހުއްޓާލާ. މިހާރު ފުދިއްޖެ. ދެންވެސް އިތުރަށް ބަހަނާތައް ދައްކައި އަހަރެންގެ ދަރިފުޅު ހިތްހަލާކު ކުރަން އުޅޭނެކަމެއް ނެތް. އޭނާ ޖެހިގެން އިން ޤާދިރު ލޮލުން ކަރުނަހިލުނެވެ. ދަރިފުޅު އެދެއްކި ވާހަކަތަކުން ޤާދިރު ބުނާނެ ކިޔާނެ ހިތަށް އަރުވާނެ ބަހެއް ނޭނގުނެވެ. މިކައިވެނި ކުރުމުގެ ކުރީން ހަޤީޤަތް އެނގުނުކަން ނަސީބެވެ. ޒިވާ ދައްތަ ސަލްވާ ގެންލަދުން އެގެއިންވެސް ނިކުމެއްޖެއެވެ. މި ކައިވެނި ހަފްލާ މި ހިސާބުން ހުއްޓުމަކަށް ވިއެވެ. ނަވީން މައިންބަފައިން ވެސް ލަދުން ބޯހަލާކުވިއެވެ.  އެމީހުން ކުރާނީ ކީއްހެއްޔެވެ؟ ކޮންމެ މީހެއްގެ މޫނުން ނުތަނަވަސްކަމާ މާޔޫސްކަމާއި ލަދުފިޔަވައި އެހެން ކަމެއް ފެންނަން ނެތް ކަހަލައެވެ. އޭނާގެ ދަންނަ މީހުންނާ އެތަނަށް ހާޒިރުވި ކޮންމެ މީހަކު ފަހަރަކު މީހެއް ސަލާންގަލާންކޮށް އެ ނިކުމެގެން ހިތްވަރުކުރުމަށް ނަސޭހަތްތެރިވެފައި ދަނީއެވެ. ރަގަޅެވެ. އޭނާ ހެދުންލައިގެން އިނަސް އަދު ނަފްސުގައި އެއްވެސް ނިވާކަމެއްނެތް ކަހަލައެވެ. ހިތާދެކޮޅަށްވެސް އެކަވެނި ކުރިނަމަ  އޭނާހިތުގައި ކޮންމެވެސް ދިމާއެއްގައި ކުޑަ މިންވަރަކަށް ވިއަސް ކުންޏެއް ޖެހިފައި އިންނާނެކަމާމެދު ޝައްކެތްނެތެވެ.

 ޖެހެމުންދިޔަ ވައިރޯޅިން އަހަރުތައް ފާއިތުވިއެވެ. އޭގެ35 އަހަރު ފަހުން ހުރިހާ އެންމެންގެ ދިރިއުޅުމަށްވެސް ބޮޑެތިބަދަލުތައްވިއެވެ.  އެއްބަޔަކު ދުނިޔެއަޅާ ވަކިވެ ހިގައްޖވެސްމެއެވެ.  މާޒީއަކީ ވެނިމިފައިވާ ސޮފްހާއަކަށް ވުމުން ބައެއް ވާހަކަތައް އެއީ އަބަދު ހަނދާނުގައި ހުންނާނެ އެއްޗެއް ނޫނެވެ.  އެދުވަހު ކަންތައްވީގޮތުން ނަވީން ގެންލަދުން މީހުންގެ ތެރެއަށް މޫނު ދައްކަން ދަތިތަކާ އުނދަގު ކުރިމަތިވިއެވެ. އެހެން މީހުންގެ ބަދު ބަސްތަކާ ގަނާކުރުން އެއީ ފަސޭހަކަމަކަށް ނުވީމައި  ދުވަސްތަކަށް ފަހުގައި އޭނާގެ ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރިއެވެ. ދިރިއުޅުން ސިންގަޕޫރަށް ބަދަލުވިފަހުން އޭނާގެ އަނދިރިވި ހަޔާތައް ހަމަޖެހުންތައް ލިބުނެވެ.  މާޒީއަކީ ވެއްޔާ މޮޑެވި ވަޅުލެވިގެން ހަނދާނުން ފުހެވޭއެއްޗެކެވެ. ރާއްޖޭގައި އޭނާ ގެންގުޅުނު ހުރިހާ ސާމާނެއް ހިފައިގެން މިކޮޅަށް ބަދަލުވެ އައު ފެށުމަކުން އޭނާ ހަޔާތުގައި ކުލަޖައްސަންފެށިއެވެ.

މިއަދު އޭނާއަކީ އަމިއްލަ އާޓް ގެލެރީއެއްގެ ފަޚުރުވެރި ވެރިޔާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ މީހުންގެ ލޮލުގައި އަޅައިގަންނަ ފަދަ ފުރިހަމަ ކުރެހުންތަކެއް އެތަނުގައި އަތުރާލެވިފައިވެއެވެ. އެއީ އޭނާގެ ބުރަ މަސައްކަތާއި، ކެތްތެރިކަމާއި، އާދަޔާޚިލާފު ހުނަރުވެރިކަމުގެ ދިރިހުރި ހެއްކެކެވެ. ނަމަވެސް، މިއަދު އޭނާ އެހުރި މަޤާމަށް ވާސިލުވުމަށްޓަކައި ކުރަންޖެހުނު ހިތްދަތި ތަޖުރިބާތަކާއި، ކުރިމަތިލާންޖެހުނު ގޮންޖެހުންތަކަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު އިމްތިހާނެވެ. ނަވީންގެ ހަޔާތުގެ ސޮފްހާތަކުގައި ލިޔެވިފައިވަނީ ހަމައެކަނި ކާމިޔާބީގެ ވާހަކައެއް ނޫނެވެ. އެއީ ކުލަތަކުން ފަވާލެވިފައިވާ އިހުސާސްތަކެއްގެ ދާސްތާނެކެވެ.

300 × 250

އިންސާނާގެ ހަޔާތުގެ ކުރު ދުވަސްކޮޅުގެ ތެރޭގައި، ތަޤުދީރުގެ ނިޔާގެ މަތިން އެކި ބަދަލުތައް އަންނަ ފަދައިން، ކުރެހުންތެރިއަކު އޭނާގެ ހިތުގައި ކުރަހާލާ ތަސްވީރު ފުރިހަމަކުރުމަށްޓަކައި އެތައް އުނިއިތުރެއް ގެންނަން މަޖުބޫރުވެއެވެ. ކުރެހުމަކަށް ޖައްސާލާ ކޮންމެ ކުލަ ތިއްކަކީ، ބަޔާންކުރަން ދަތި އެތައް މާނައެއް ފޮރުވިފައިވާ ކުލައެކެވެ. އެއިން އުފާވެރިކަމުގެ ހިނިތުންވުމެއް ނުވަތަ ހިތްދަތިކަމުގެ ކަރުނައެއްވެސް ސިފަކޮށްދީފާނެއެވެ. ނަވީންގެ ހަޔާތުގައި އޭނާ އެންމެ ލޯބިވި ކުރެހުން ފުރިހަމަވެގެން ދިޔައީ، އޭގެ ޒާތުގައި އެއަށް ބަންޑުންވި ރަތްކުލައިގެ ސަބަބުންނެވެ. އެ ކުލައިން މުޅި ތަސްވީރަށް ގެނެސްދިން ފުން މާނައަކީ އޭނާގެ ހިތުގެ އަޑީގައިވާ ލޯބީގެ ރަމްޒެކެވެ. އެ ސޫރަ ފުރަތަމަ ފެނިލި ހިނދުވެސް، އޭނާގެ ހިތަށް ތޫނު ކައްޓެއް ހެރުނު ފަދަ އިހުސާސެއް ކުރެވި، ހިތުގެ ފުންމިނަށް ލޯބީގެ ލޭތިކިތައް ފޭދިގެން ދިޔައެވެ. އެ ހަނދާންތަކުން އުފެދުނު އަސަރުތައް މުޅި ހަށިގަނޑާއި ފުރާނައިގައި އަށަގަނެ، ހިތުގައި އެޅިފައިވާ ކޫރުންތައް ފޫބެއްދުމަށްޓަކައި ނަވީން ރެއާދުވާލު ނިދި ނަގާލައި، ކެނޑިނޭޅި މަސައްކަތް ކުރިއެވެ.

ހުދު ކަރުދާހުގައި ފަންސޫރުގެ ތުނޑުން ކުރަހާލި ކޮންމެ ރޮނގަކީ، އޭނާގެ ލޮލަށް ސިފަވި އެ ޖާދުވީ އަންހެން ކުއްޖާގެ ސޫރަ ވުޖޫދަށް ގެނައުމަށް އެޅުނު ފިޔަވަޅެކެވެ. އެކި މަރުހަލާތައް ކަޑައްތުކޮށް، އޭނާގެ ޚިޔާލީ ދުނިޔޭގައި އެ ސޫރަ ކުރެހިފައިވާ ފުރިހަމަކަމާއެކު އެ ތަސްވީރު ނިންމާލިއެވެ. ރަތް ފިނިފެންމަލެއް ހިފައިގެން ހުރި އެ އަންހެނާގެ ތަސްވީރަކީ، ނަވީންގެ ނިދި މަހްރޫމްކޮށް، އޭނާގެ މުޅި ދިރިއުޅުން އެ ލޯތްބަކަށްޓަކައި ގުރުބާންކުރި ދީވާނާވި އަންހެނާގެ ސޫރައެވެ. ގެލެރީގައި އެތައް ބައިވަރު އަގުބޮޑު ކުރެހުންތަކެއް ހުރި ނަމަވެސް، އެންމެންގެ ސަމާލުކަން ހުއްޓެނީ އެ ތަސްވީރަށެވެ. އެއީ އޭގެ ފަހަތުގައި ފޮރުވިފައިވާ ފުން ސިއްރުތަކެއްގެ ސަބަބުންނެވެ.

އިރެއްގައި އެ ކުރެހުން ފޮރުވާފައި ބޭއްވި ނަމަވެސް، މިއަދު އެ ތަސްވީރު ވަނީ ބިއްލޫރި ކެބިނެޓެއްގެ ތެރޭގައި ރައްކާތެރިކަމާއެކު އެންމެންނަށް ފެންނާނޭހެން ބަހައްޓާފައެވެ. އެއީ ނަވީންގެ ހިތަށް ފިނިކަން ގެނެސްދޭ، އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައެވެ. ރަތް ފިނިފެންމަލާއެކު އެ އަންހެންވަންތަ ސޫރައިގެ މައްޗަށް ބުރާފައިވާ ރަތްކުލައިން ސިފަވަނީ، އޭނާގެ ހިތުގެ ލޭ އުނގުޅިފައިވާ ފަދަ އަސަރުގަދަ މަންޒަރެކެވެ. އެ ތަސްވީރަށް ނަޒަރު ހިންގާލާ ކޮންމެ މީހަކަށްވެސް، އެއިން ކިޔައިދޭން އުޅޭ ސިއްރު ވާހަކަތައް އިހުސާސް ކުރެވޭ ކަހަލައެވެ. ނަވީންގެ އެ "ހުވަފެނީ ތަސްވީރު" ގައިވާ އަންހެނަކީ، އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ، އަދި ހިތުގެ ޒަޚަމްތަކުގައި ކުލަޖައްސައިދިން ލޯބިވެރިޔާއެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އެ ގެލެރީއަށް ޒިޔާރަތްކޮށް، އެ ރީތި ހިނިތުންވުމަށް ތައުރީފު ކުރާއިރު، އެއީ "އަޒީމާ" ކަން އެނގޭނީ ހަމައެކަނި ނަވީނަށް ނޫން ހެއްޔެވެ؟

=ނިމުނީ=

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި