1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވާހަކަ

ވާހަކަ: ހުވަފެނީ ތަސްވީރު - ދެވަނަ ބައި

މަމްދޫޙު އިބްރާހިމް ( މަންދު)
1,504ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަމިއްލަ ޚިޔާލުގައި އޭނާ އެކަން ކުރަނީ ހުވަފެންތަކެއް ދެކޭތީއެވެ.

އޭނާ މި ބޭނުންވާ ގޮތައް އެއްދުވަހަކުން އެ ކުރެހުމެއް ކުރަހައި ފުރިހަމަ ކުރަން ހިތުގައި ޢަޒުމް ކަނޑައެޅިއެވެ. ކުލަ ޖައްސައި ހުއްޓައި ސިހުންވީ ފޯނު ރިންގުވި އަޑަށެވެ.

މިދެން ފޯނު ރިންގ ވާން ކޮން ވަގުތެއް ހެއްޔެވެ.

300 × 250

ބޮލުގެ ރިހުމެކެވެ. ޗޮކެއް ކަނޑާލައި ފޯނަށް ނަޒަރު ހިންގާލިއެވެ. އަސްތާ އެ ގުޅަނީ ޒިވާއެވެ. އަވަސްކޮށް ކުޑަކޮށް ފޮތިގަނޑު ނަގައި އިނގިލިތަކުން ކުލަތައް ފުހެލައި ފޯނު ނަގައި ޖަވާބުދިނެވެ.

ޒިވާ: އޭނ ނަވީ، ދެން ބުނެބަލަ ކޮން އިރަކުންތަ މިގެއަށް އަންނަނީ؟ މަންމަވެސް އަހައިފި ދެން ކޮންއިރަކުންހޯ ނަވީ މިގެއަށް ގެންނަނީ.

ނަވީން: ބިޒީވީމަ އަދި ނުދެވިގެން. އަދި އެހާ ގިނަ ދުވަހެއް ނުވޭދޯ ތިގެއަށް ދިޔަފަހުން. މީގެ މަސްދުވަސް ކުރީން އޭނާ އެއްރޭ އެގޭގައި އޮތް ކެއުމަކަށް ދައުވަތު ލިބިގެން ދިޔައެވެ. ޒިވާގެ މައިންބަފައިންނާ ދައްތަވެސް ވަރަށް ރުހޭ ޒުވާނަކަށް ނަވީންވިއެވެ. އެމީހުން ބޭނުން ވަނީ ޒިވާ ނަވީނާއެކު ރަނގަޅު ގުޅުމަކުން ހަޔާތެއް ފަށާށެވެ.

ޒިވާ: އަދިވެސް ތި ކުރަހާ އެއްޗެއް ނުނިމޭތަ؟ ނަވީން: މީ އެހާ ފަސޭހަ ކަމެއް ނޫނޭ. ހިނިގަނޑެއް ޖަހާލިއެވެ.

ޒިވާ: ނިކަން ބުނެބަލަ މިގެއަށް އަންނަން ވަގުތު ނުވާ ވަރަށް ވަގުތު ހުސްކޮށްގެން ތިކުރަހަނީ ކޯޗެއްތަ؟ އެއްކަލަ ރެއިން ފެށިގެން ބިޒީ ނޫން ދުވަހެއް ވޭތަ؟ ކުޑަކުއްޖެއް ބޮޑާހަކާ ގޮތައް އޭނާ ތުއި ވިއެވެ.

ނަވީން: މީ ދެން. ސަޅި ބިޓެއްގެ ތަސްވީރު ފުރިހަމަ ކޮށްލަނީ.

300 × 250

އަޑު އަހަން ހުރި ޒިވާ ހިނިތުން ވެލިއެވެ. އޭނާގެ ހިތުގައި އުފެދެމުން އައި ހުވަފެން ހަޤީޤަތަކަށް ވާން ގާތްވުމުގެ ސިގްނަލެކެވެ. ނަވީން އޭނާއަށް ސިއްރުން ކުރަހަނީ ޒިވާގެ ތަސްވީރުކަން ގައިމެވެ. ދެފަރާތުން ވާހަކަތަކެއް ދެކެވުނެވެ.

ޒިވާ: އޯކޭ، އެހެންވީމަ މިރޭ ކާން މިގެއަށް އަންނާނަން ދޯ.

ނަވީން: އާނ އެންމެ ރަނގަޅު. ނުގޮސް ނެތްތާ ވާކަށް. ހިނިތުންވުމަން އޭނާ ފޯނު ބޭއްވިއެވެ. ވަރަށް އުފާވިއެވެ. ޒިވާއާ ބައްދަލުކުރަން މިރެއަށް ތައްޔާރު ވާންވީ އެވެ. ކުރަން ހުރި މަސައްކަތް މަޑުޖައްސާލައި އޭނާ ކުރަހާފައި ހުރި ތަސްވީރު ވަަރަށް ފަރުވާތެރިކަމާއެކީ ފޮތިގަނޑެއް އަޅައި ނިވާކޮށްލިއެވެ.

ދުވަސް ނިމި އިރުއޮއްސުނީއެވެ. މިއަދަކީ ރަނގަޅު ދުވަހެކެވެ. އޭނާ ފެންވަރައި ތައްޔާރުވެލައި ރަތްފިނިފެން މަލެއް ހިފައިގެން ޒިވާގެއަށް ގޮސް އެޕާރޓްމެންޓް ދޮރު ކުރިމަތީ ހުއްޓިހުރެ ފޯނަށް ގުޅާލިއެވެ. އެއިރު ޒިވާ މޭކަޕުކޮށް ޒީނަތްތެރިވެ ނުނިމޭއެވެ. މީގެ ގަޑިއިރުކުރީން ނަވީން އަވަސްކޮށްލައި ބޮލުގައި ޖެލް އުނގުޅައި އިސްތަށިގަނޑު ސެޓްކޮށް ގަޔަށް ސެންޓުފުޅި ބުރުވާލައި

އަވަސްވިއަސް އަންހެން ކުދިން ނަލަހެދެން އެއީ ވަރަށް ވަގުތު ނަގާ ކަމެކެވެ. އެޕާރޓްމަންޓް ދޮރު ހުޅުވާލުމާ އެކީ އޭނާ އިސްދަށަށް ޖަހައި ފުރަތަމަވެސް ދިއްކޮށްލީ ރަތްފިނިފެންމަލެވެ.

އަޒީމާ ވަގުތުން މާ ނަގައި، އަހާނ. މީ މަށަށް ގެނައި ހަދިޔާއެއްތަ؟ އަސްތާ! އެއިވުނު އަޑުން އިސްއުފުލާލައި ގަތް ލަދުން މޫނު ރަތްވިއެވެ.

300 × 250

ނަވީން: މަންމަތަ؟ އަހަރެން ހީކުރީ ޒިވާ ކަމަށް. އޭނާ ލަދު ގެންފިއެވެ.

އަޒީމާ: އަވަހަށް ވަދޭ އެތެރެއަށް. އަދި ވެސް ޒިވާ މޭކަޕުކޮށް ނުނިމޭ. ގޮސް އިށީނދޭ މިއަންނަނީ ޒިވާ ގޮވާގެން. އޭނާ އެފަރާތަށް ހިނގައިގަތެވެ.

ހިތްތިރި މަޑުމައިތިރިކޮށް ހުންނަ ނަވީން ސޯފާގައި އިށީނެވެ. ސަލްވާ ވެސް ކޮޓަރިން ނިކުމެ ބަދިގެއަށް ވަދެ ކާން ހަދައި ކަންތައް ތައްޔާރު ކުރަން އަވަސް ކޮށްލިއެވެ. އޭނާ ފިނި ބުއިމެއް ގެނެސް ނަވީނަށް ދިނެވެ.

ނަވީން: ޝުކުރިއްޔާ. އެތިފޮދެއް ބޯލިއެވެ. އޭނާވެސް ސޯފާގައި އިށީނެވެ.

ސަލްވާ: ކޮބާ ނަވީން ކަންތައް ކިހިނެއް؟ ޒިވާ ބުނި އަބަދު ކުރަހަނީޔޯ އެއީ ތެދެއްތަ؟

ނަވީން: އާނ. އޮފީސް ނިންމާފަ ލިބޭ ހުސް ވަގުތަކީ ކުރެހުމުގެ ކަންތައް.

ސަލްވާ: އެހެންދޯ. ރަނގަޅު. ނަވީން މިގެއަށް އޭރު އައިގޮތައް އަދި ކިރިޔާ ދޯ ވަގުތުވީ . އޭނާ މަޖާކޮށް ވާހަކަ ދެއްކިއެވެ. ތިހާ ބިޒީ ކޮށްލައިގެން ތި ކުރަހާ ކުރެހުންތައް ނިކަން ބަލާލަން ބޭނުން. އޭނާ ހިނިތުންވިއެވެ.

ނަވީން: އާނ. އަހަރެން އަމިއްލަ އާރޓް ގެލެރީ ހުޅުވާ ދުވަހަކުން އެންެމެނަށްވެސް ދައްކާލަން ފުރުސަތު ލިބޭނެ. އޭނާ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ.

ސަލްވާ: އެހެންތަ؟ ވަރަށް ހެޕީ ނިޔުސްއެއް. އަބަދުވެސް ކާމިޔާބީއަށް އެދެން. ހޫމް ކޮބާތަ ޒިވާއްކޮ. އޭނާ އެފަރާތަށް ނަޒަރުހިންގާލިއެވެ.

އަދިވެސް އޭނަ ތައްޔާރުވެ ނުނިމޭދޯ. އެއީ އަހަރެން ކޮއްކޮއަށް ވާވަރު އަބަދުވެސް. ހިނިތުންވިއެވެ. އެބައަންނަން. އޭނާ ޒިވާ ކޮޓަރިއާ ދިމާއަށް ފިޔަވަޅުތައް ދިޔައެވެ. ނަވީން އިނީ ހަމަޖެހިގެނެވެ. އޭނާ ފަހަތް ބަލާލިއެވެ. މީހަކު ބޭރުން އައިސް ގެއަށް ފިޔަވަޅު އަޅަނީ އެވެ. އެއައިސް ވަނީ ޒިވާގެ ބައްޕައެވެ.

ޤާދިރު : އަހާނ. މީ ކޮންކުއްޖެއް؟ ނަވީން ކިހިނެއް؟ ހާދަ ދުވަހެއްކޮށްލާފަ މި ފެނުނީ. އޭނާ ނަވީން ކޮނޑުގައި އަތްޖައްސާލިއެވެ. ނަވީން ހިނިތުންވެލިއެވެ.

ނަވީން: އަޅުގަނޑު ރަނގަޅު. ޒިވާ ބައްޕަ ކިހިނެއްތޯ؟

ޤާދިރު: އަހަރެން އިރާދަކުރެއްވިއްޔާ ރަނގަޅު. ދަރިންނަށް ހެޔޮ މުސްތަޤުބަލެއް ލިބުމާ ކާމިޔާބީއަށް އަބަދުވެސް އެދެނީ. އޭނާގެ ވާން އުޅޭ ދަނބިދަރިފުޅާ ދިމާއަށް ބުނެލި ހެޔޮ ބަހެއް ފަދައެވެ.

ޤާދިރު ގެނައި ބައެއް ސާމާނުތައް ހިފައިގެން ބަދިގެއާ ދިމާއަށް ދަމުން ސޯފާގައި އިން ނަވީނަށް ހިނިތުންވިއެވެ. "މި އަންވެރިންނަށް ކައްކާ ސާމާނު ހުސްނުވެ އަބަދުވެސް ބަހައްޓަން ޖެހޭވިއްޔާ. މިއައީ މިއަދުވެސް ތިން ބުރަށް ބާޒާރަށް ޖެހިލާފަ،" އޭނާއަށް ހީނގަނެވުނެވެ. ޤާދިރު ގެ ރާގު ސަމާސާވެފައި ޒިވާގެ ބައްޕައަކީ ހިތްހެޔޮ އެކުވެރިގާތްކަން ހުރިމީހެއްކަން ހާމަވިއެވެ.

ސަލްވާ އެއައީ ޒިވާ ގޮވައިގެނެވެ. އެމީހުން ފަހަތުން އަޒީމާވެސް އައެވެ. މިރޭ ޒިވާ ނަލަވެފައި އެހުރީ ހާދަ ފުރިހަމަށެވެ. އޭނާ އަތުގައި އެ ފިނިފެންމާ އޮތެވެ. އެހާމެ ފަރިގޮތެއް ހުއްޓެވެ.

ޒިވާ: އަހަރެންނަށް ވުރެ ކުރިން މިރޭ މަންމައަށް ދޯ މިފިނިފެންމާ ލިބުނީ. އެންމެން ވެސް ހޭންފެށިއެވެ.

އަޒީމާ: ދެން ހިނގާ ކާން ފަށަމާދޯ. މިހެން މަޖާ ވާހަކަ ދައްކަން ތިބެވިދާނެ ފަހުންވެސް.

ސަލްވާ: އާނ. ރޭގަނޑު ގަޑިން 8ގަޑިބައި ވަނީ. އަހަރެން ހުންނާނީ ކާމޭޒުމަތި ތަށިތައް ވެސް އަތުރާ ހަމަޖައްސާލާފަ.

ޤާދިރު: އާނ. މާ ލަސްނުކޮށް ހުރިހާ ކުދިން ކާން ހިނގާ. އޭނާގެ އަނބިދަރީންނާ އެކު މިރޭ ކެއުމަށް ނަވީންވެސް ބައިވެރިވީމައި ވަރަށް ހިތްހަމަ ޖެހުނެވެ.

ކާންތިބެ އެކަކު އަނެކާއަށް މަޖާ ވާހަކަތައް ދައްކައި ހީނ ވަަރަށް އުފާވެރި ވަގުތުކޮޅެއް އޭނާއަށް ޒިވާގެ ޢާއިލާއެއްކޮށް ހޭދަވިއެވެ. އެންމެން ކައި ނިމިގެން އެކި ވާހަކަ ދައްކަން ސިޓިންގރޫމްގައި ނިދާ ގަޑި ކައިރިވަންދެން ތިބެފައި، ޤާދިރު އާފުރެލައި ތެދުވިއެވެ. ނަވީން ދެން އެހައި ބީރައްޓެހިވެގެން ނޫޅެ ގިނަ ގިނައިން މިގެއަށް އަންނަންވާނެ. ބައްޕަ ދެން ދަނީ ނިދަން އެނގޭ. އޭނާ އެކީ ދާން އަޒީމާ ވެސް ތެދުވިއެވެ.

އަޒީމާ: ސަލްވާ ނިދުމުގެ ކުރީން ހުރިހާ ދޮރުތައް ތަޅުލާން ހަނދާން ބަހައްޓާތި.

ސަލްވާ: ލައްބަ މަންމާ. އޭނާ ދަރިންނާ ދިމާއަށް ފުންބެލުމަކުން ނަޒަރުހިންގާލައި ހިނިތުންވުމާއެކީ އެދިޔައީ ނިދާށެވެ.

ޒިވާ: ހޫމް. ދެން ބުނެބަލަ ކޮންއިރަކުން މަންމަމެނަށް އަހަރެމެންގެ ކައިވެނި ސަޕްރައިސް ދޭނީ؟

ނަވީން: ތީނައަށް ރަނގަޅު ވަގުތެއް ހޯދާފަ އަންގާލާ. އަހަރެން ހެކިވެރިން ފޮނުވާނަން.

ސަލްވާ: ހޫމް. އެއީ ތެދެއް. އަދި ހަނދާން ނެތިފައޭ މިހުރީ. ކޮއްކޮ ބުނި ގޮތައް ވެޑިންގް ޑްރެސްވެސް ރޭޑީވެފަ ހުންނާނީ. މާދަމާ އަހަރެން ޒާހިރާއަށް ގުޅާފަ ޚަބަރު ބަލާނަން.

ޒިވާ: އާނ. އަހަރެން ބޭނުންވަނީ އެހާ ގޮތްބޮޑު ނޫން ސިމްޕަލްކޮށް ޕާޓީ ބާވަން. ބައެއް ތިމާގެ މީހުންނާ ދެން އޮފީހުން އެންމެ ގާތް ފްރެންޑްސް ގެނައީމަ އޯކޭވާނެ ދޯ. އޭނާ ނަވީ ކޮނޑުގައި ބޯއަޅާލިއެވެ.

ނަވީން: އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް. ވާހަކަދައްކަން އިރުކޮޅަކު އިނދެފައި އޭނާ ދާން ބޭރަށް ނިކުމެ ސައިކަށް އަަރައި ސްޓާރޓްކޮށްލިއެވެ. ނަވީން ދިޔުމުގެ ކުރީން ޒިވާ ބޭރަށް ނިކުތީ ގުޑްނައިޓް ބުނެލާށެެވެ.

ޒިވާ: އޭނ. ތޭންކްސް އިނގޭ. އޭނާ އަތުގައި އޮތް ރަތް ފިނިފެންމާ ތުންފަތުގައި ޖައްސާލިއެވެ. ހިނިތުންވެ ނަވީން ގެއަށް ދާން ނައްޓާލިއެވެ. މިރެއަކީ ނަވީނަށް ވަރަށް ހިތްހަމަޖެހުނު ރެއެކެވެ. ޒިވާގެ ޢާއިލީ މީހުން އޭނާއަށް ވަރަށްހެވެވެ.

=ނުނިމޭ=

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި