1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވާހަކަ

ސިލްސިލާ ވާހަކަ: ހުވަފެނީ ތަސްވީރު - ތިން ވަނަ ބައި

މަމްދޫޙު އިބްރާހިމް ( މަންދު)
591ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިރެއަކީ ނަވީނަށް ވަރަށް ހިތްހަމަޖެހުނު ރެއެކެވެ. ޒިވާގެ ޢާއިލީ މީހުން އޭނާއަށް ވަރަށްހެވެ.

އެމީހުން ބޭނުން ވަނީ ނަވީނާ ޒިވާ އަވަސް މުސްތަޤުބަލެއްގައި ކައިވެނިކޮށްގެން ރަނގަޅު ދިރިއުޅުމެއް ފަށާށެވެ. ޒިވާގެ ޢާއިލާ އެކު ހޭދަކުރެވުނު ވަގުތަކީ އޭނާއަށް ހިތްހަމަ ޖެހުން ލިބުނުކަމެކެވެ. އެރޭ އޭނާ ގެއަށް އައީ ވަަރަށް ހިތްހަަމަ ޖެހިގެނެވެ.

ނަވީން ނިދަން އަރާއޮވެ އެ ޚިޔާލުތައް ސިކުނޑި ތެރޭގައި ބަންޑުންވަނީއެވެ. އެއަންހެން ވަންތަ ސޫރަ އެނބުރެނީއެވެ. އޭނާ ހިތުގެ ކޮންމެވެސް ދިމާއެއްގައި ފޮރުވިފައި އިން ހިއްސަކަށް ލޮޅުމެއް އަރައިފިކަން ގައިމެވެ. މިހެން ރަޖާގަނޑު ދަށުގައި އޮތަސް އެތަސްވީރު ފުރިހަމައެއް ނޫވާނެއެވެ. އޭނާއަށް ނިދޭގޮތްނުވިއެވެ. ގަޑިއަށް ބަލާލިއެވެ. ދަންވަރު އެކެއްޖެހިއެވެ.

300 × 250

އޭނާ ތެދުވެ ކަޅުކޮފީއެއް ތައްޔާރުކޮށްލައި އެ ރަސްމީ މަސައްކަތް މިވަގުތު ފެށީއެވެ. އެއްކަލަ ކުރަހަން ފަށާފައި ހުރި ތަސްވީރަށް އިތުރުބައެއް ފުރިހަމަ ވާންފެށިއެވެ. އެ އަންހެނާ މޫނު ގުނަވަންތައް ކުރަހައި ކުލަ ޖައްސައި އެހެރަ ފުރިހަަމަވެ ތަސްވީރަށް ދިރުން އައިސް އަލިވަނީއެވެ. އެރީތި ކަޅިރަވައާ ގަދަ ފިޔާތޮށިކުލައިގެ ނަލަތުންފަތް ހިނިތުންވެފައި ހުރިގޮތެވެ. އެ ރީތި ބުމައާއި ވަށްބައްޓަމަށް ހުރި މޫނާ ތަނަވަސް ނިއްކުރިއެވެ. މިހެން ދެން ކިޔާނެކަމެއް ނެތް ނަންހުސް ކޮށް އެހެރަ ފުރިހަމަވަނީއެވެ.

ގަޑީގެ ކަށި ހުއްޓުމެއް ނެތި އެނބުރެމުން ފަތިސް ނަމާދު ވަގުތު ޖެހުމުން އޭނާ ވަރުބަލިވެފައި ހުރި އިނގިލިތައް ހަރާކާތް ކުރުން މަޑުޖައްސާލިއެވެ.

ނަވީންފޯނުނަގައި އޮފީހަށް ހާޒިރުނުވާނެކަމަށް މެސެޖުލިޔުނީ ކުޑަކޮށް ބަލިވެ އުޅޭތީ ކިޔައެވެ. އެއީ ތެދެކެވެ. އޭނާގެ ލޯ ރަތްވެފައި ހަމަނިދި ނުލިބި ހުރުމުން ބޮލުގައި ރިއްސަނީއެެވެ. އޭނާއަކަށް ލޮލުފިޔަ ނުޖަހައި ދެން ކޮޅަށްވެސް ނުހުރެވޭނެއެވެ.

ނަވީން ފެންވަރައި ނަމާދުކޮށްލައި ގޮސް އެނދަށް އަރާ ގައިގާ ރަޖާ އަޅައިލިއެވެ. ރަޖާދަށުގައި އޮވެ އެ އަންހެން ސޫރައާމެދު ފުން ވިސްނުމަކުން ވިސްނާލިއެވެ. ހިތަށް ބުނެދޭން ނޭނގޭ އިޙްސާސާ އުފާވެރި ކަމެއެއް ވެރިވެ އެކިކުލައިން އޭނާ ހިތުގައި ބިންވަޅު ނެގުނު އަންހެނާ އޭނާ ކުރިމަތީ ސިފަވާކަހަލައެވެ. ޖެހިގެން އައިދުވަހު އޭނާ ހޭލައި ފުރަތަމަ ވެސް ދިޔައީ އެކުރެހުމާދިމާއަށެވެ. މި ޒުވާނާގެ ހިތް އުފަލުން ފޮޅި އުދުހިގެން ކަހަލައެއެވެ. ތަސްވީރުގައި ހުރީ ކޭޓްވިންސްލޭޓް ނޫންވިއަސް ނަވީން ހިތުގައި ސިއްރުކަނެއްގައި ރަނިކުރަމުން އަންނަ ރާނީ ކަމަނާގެ ސިފަޖެހިއްޖެކަން ގައިމެވެ.

ދެތިން ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ.

އެހެން ދުވަސްތަކޭ އެއްގޮތައް އޮފީސްނިންމައި އެއްކަލަ ކުރެހުން އޮއިލް ޕެއިންޓުން ކުލަތައް ޖައްސައި ނަލަކުރަނީއެވެ. ބައެއް ފަހަރު ފޯނުން ކަންފަތުގައި ޖަހައި އެކި މީހުންނާ ވާހަކަ ދައްކަމުން ވެސް އެކުރާ މަސައްކަތެއް މަޑުޖެއްސުމެއް ނެތެވެ. އަނެއްބައި ފަހަރު އަނގައަށް ޕިއްޒާފޮއްޗެއް ލައި ހަފަހަފައިގެން ކޮފީފޮދުބޮމުން ހުރެ ވެސް ކުލަޖައްސާލަ ޖައްސައެވެ. ނޭނގި ހުއްޓައި ވޭތުވި އެއްހަފްތާ ތެރޭ އޭނާ އެ ތަސްވީރު ފުރިހަމަކޮށްލައިފިއެވެ.

300 × 250

އެހެނަސް މި ކުރެހުން އެއީ އޭނާ ނޫން އެހެން މީހަކަށް ފެންނަން ބޭނުންވާ އެއްޗެއް ނޫނެވެ. އެއްވެސް އެހެން މީހަކަށް ދުވަހަކުވެސް ދައްކަން ބޭނުންވާ ހަޒާނާއެއްނޫނެވެ. މިއީ ހަމަ އެކަނި ނަވީންގެ ހިތާއި ނަފްސަށް ހުރި ހިތްހަމަޖެހުމެކެވެ. އެހެން ހުރިހާ ކުރެހުންތަކާއި ތަސްވީރުތައް އެންމެނަށް ފެންނާނެ ގޮތައް އާރޓްގެލެރީގައި ބަހައްޓާފައި ހުއްޓަސް މި ތަސްވީރު ފިޔަވައެވެ. އެހެން ލޯތަކުން މިތަސްވީރަށް އެސްފީނަ ޖެހޭކަށް ނަވީން ބޭނުން ނުވާނީ އޭނާ ހިތުގައި ވަަރަށް ބޮޑު ޝައުޤުވެރިކަމާ ކޮންމެވެސް ބުނެދޭން ނޭނގޭ ސިއްރެއް އޮތީމަކަން ޔަޤީނެވެ. އެއީ ކީއްވެބާ؟ އެއީ އަނެއްކާ ކޮންކަމެއްބާ؟

އަނެއްކާވެސް ދުވަސްތައް ފާއިތުވާން ފެށިއެވެ.

ނަވީން ވަގުތުވީ ވަރުން ޒިވާގެއަށް ގޮސްއުޅެއެވެ. އޭނާދެކެ ޒިވާގެ ޢާއިލީ އެންމެންވެސް ވަރަށް އިޙްތިރާމް ކޮށް ލޯބިވެއެވެ. އެހެނަސް އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ތޫނު ކަށްޓެއް ހެރެތާ ދުވަސްތަކެއް ވެއްޖެއެވެ. މި ކަށްޓެއް ހިތުގެ ހިމަނާރަށް ހެރިގެން އޭގެ ވޭނުގައި އޭނާގެ މޫޑް ޚަރާބުވާންފެށިއެވެ.

ވެގެން އުޅޭ ގޮތެއް ... ކިހިނެއް އެކަން ކުރާނީ.. އެގޮތަށް މޫޑު ސަކަރާތްވީމައި ގޮސް ނަވީން އިންނަނީ އެއްކަލަ ތަސްވީރާދިމާއަށް ނަޒަރުހުއްޓާލައިގެނެވެ. އޭނާއަށް އެ ތަސްވީރާ ދިމާއަށްބަލަން މިހެން އިންނާކަށް ދުވަހަކުވެސް ފޫސެއް ނުވާނެކަހަލައެވެ.

ނަވީނަށް އެވާގޮތެއް ހުދު އޭނާއަަކަށްވެސް ފަހުމެއް ނުވެއެވެ. އޭނާގެ ހިތް ނުތަނަވަސްވުމާއި އުނދަގޫ އިހުސާސުގެ ވާހަކަ އެއްވެސް މީހެއްގާތުގައި ހިއްސާކުރާނެ ގޮތަކާމެދު ނަވީން އުޒުރުވަނީ ކީއްބެވާ؟

ނަވީނަކީ، މުރާލި ކުރާކޮންމެ ކަމެއްގައި ފަރުވާތެރި، އެހާމެ މީހުންނާ ގުޅިގެން އުޅޭ ހިތްހެޔޮ މީހަކަށް ވީއިރު އޭނާއަށް މިފަހަކަށް އައިސް އަންނަ ނެދެވޭ ބަދަލުތަކުން ޒިވާއަށް އެެކަން ފާހަގަ ވާންފެށިއެވެ. ކުރިން އޮތްގޮތައް ފޯނުން ގުޅައި ވާހަކަދެއްކުން މަދުވިއެވެ. ކުރާ މެސެޖުތައް މަދުވާން ވަށައި ޖަވާބު ލިބުން ފަރުވާ ކުޑަވިއެވެ. ނަވީން ކަމަކާ ފިކުރު ކުރަނީބާ؟ ނޫނީ އެހެން އަންހެން ކުއްޖެއްކަމެއް ކުރަނީ ނޫންބާ؟

300 × 250

ނަވީން ބަލިވެ އުޅުނަސް އެކަންވެސް ސިއްރުކުރީމައި، އޯގާތެރިކަމާ ދީލަތިއެހީ ދޭން ޒިވާ ހަނދާނީ ކިހިނެއް؟ މޮޅު ކުރެހުމަށް އެ ހީވާގި ނަވީން ކުރެހުމާ ވެސް މަޑުން ދުރުވާން ފަށައި އަބަދު އޭނާ އެކަނި ވަގުތުތައް ހޭދަކުރަން ފެށިއެވެ. އަބަދު ކަމަކާއި ވިސްނާ ފިކުރެއްގައެވެ. ހަމަ ރަނގަޅަށް ވެސް އޭނާ ޚިޔާލީ ދުނިޔޭގައި ކުލަޖައްސަމުން އައި ތަސްވީރުގައި ހުރި އަންހެނާއަށް އޭނާގެ ހިތް ލެނބި އެލޯބީގެ ކަނޑަށް އަރަގުވެ އެހެރަ މީހާ ހަލާކުވެ ހަފުސްވަނީއެވެ. ދެން ހަދާނީ ކިހިނެއް؟ ބޭއިޚްތިޔާރުގައި ޒިވާއާވެސް އަޅައިލުން ކުޑަވެ ފަރުވާ ކުޑަކުރެވެނީއެވެ. އޭނާއާއެކީ ކޮފީތަކަށް އަރައި އުޅުނު ރައްޓެހިންނާވެސް އެކެހެރިވެ ގުޅުތައް ހީނަރުވާންފެށއިެވެ. އޭނާ ހިތް ދީވާނާވެ އެ ލޯބި ބަންޑުންވަނީ އެ ތަސްވީރުގައި ހުރި އަންހެނާއަށެވެ.

މި ދަރަޖައަށް އޭނާގެ ނަފްސު މި ތަސްވީރަށް އަވަލައި ހިތްޖެހި ލޯބިވެދާނެ ކަމެއް މީގެ ކުރިން އޭނާ ނުދެނަހުއްޓެވެ. މިއީ އެކިޔާ ހަޤީޤީ ލޯބިހެއްޔެވެ؟ އެހަނދާން ތަކާ ދުރުވުން އެއީ އޭނާގެ ޒުވާން ހިތަށް ކެތްވާވަރުގެ ކަމެއްނޫންކަން އޭނާގެ އަމިއްލަ ޒަމީރު ގަދަ އިންޒާރު ދޭންފެށިއެވެ.
އެއްރޭ ނަވީން އިނީ ހަމަހިމޭން ކަމުގައި އެ ތަސްވީރަށް ނަޒަރުހުއްޓިގެނެވެ. އޭނާގެ ފޯނަށް ބައިވަރު އެކި މީހުންގެ ކޯލުތަކާ މެސެޖުތައް ބައިވަރެވެ. އެއިން އެއްވެސް މީހެއްގެ ފޯނަށް ޖަވާބު ދޭ ހިތެއް ނުވެއެވެ. މިހެން އިންދައި ނިދިތާއްޔަޖެހެން ފެށިއެވެ. އަނެއްކާ ފޯނު ރިންގުވާން ފެށިއެވެ. އެއަށް ބަލާލިއެވެ.

މާތްކަލާކޯ. އެގުޅަނީ ޒިވާގެ މަންމައެވެ. ޒިވާގެ ކޯލުތަކާ މެސެޖުތަކަށް ޖަވާބު ނުލިބިގެން އެންމެފަހުން އޭނާގެ މަންމަ އަޒީމާ އެގުޅަނީއެވެ. ފޯނަށް ޖަވާބު ދޭންވީ ނޫނީ އަޅާނުލާވީން ހެއްޔެވެ؟ ނޫނޭ ކޮންމެވެސް ޖަވާބެއް ދިނީމައި މިކަން ބޮލުގެ ރިހުން ކުޑަވާނެއެވެ.

ނަވީން: ހަލޯ. އޭނާ ބުމަތަޅުވާލިއެވެ.

އަޒީމާ: ނަވީން. އަހަރެންނަށް ކެތް ނުވެގެން މި ގުޅީ. މައެއްގަ ހިތަށް ކެތްވާނީ ވަކިވަރަކަށް. އޭނާ ނޯށް ދަމާލިއެވެ.

ނަވީން ފޯނުގައި ހުރެ ލޯމަރާލިއެވެ. ޒިވާއަށް ކަމެއްވީބާ؟ ގޮތަކަށް ހާސްވިއެވެ.

ނަވީން: ޒިވާ ކިހިނެއް؟ އޭނާއަށް އަހާލެވުނީ އުނދަގުލުންނެވެ.

އަޒީމާ: ޒިވާގެ ހާލަކީ ކޮބާކަން ނަވީނަށް އެނގޭނީ ތިވެގެން އުޅޭ ކަމެއްވެސް ތަންކޮޅެއް ތަފްސީލުކޮށް ކިޔާދީމަ ދޯ. އަޒީމާގެ އަޑޫގައި ސީރިއަސްގޮތެއް ހުއްޓެވެ.

އޭނާ ފޯނުގައި ހުރެފައި ހިންދިރުވާލެވުނެވެ. ދެން ހަދާނީ ކިހިނެއް؟ ޒިވާ މަންމަގެ ވާހަކަތައް އަޑުއަހާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. ކުށެއް ނެތް އަންހެންކުއްޖަކަށް ލަނޑެއް ނޫނީ ދެރައެއް ދީގެން ނަވީނަށް ވާނެ އެއްވެސް މޮޅެއްނެތެވެ. ދެން އޭނާއަށް ނަޒަރުހިންގާލެވުނީ އެ ތަސްވީރާދިމާއަށެވެ.

އަޒީމާ: ހަލޯ ނަވީން. ދިޔައީތަ؟ އޭނާއަސް ސިހުންވިއެވެ.

ނަވީން: ނޫނޭ. އަހަރެން ބިޒީކަމުން ދެން ކުޑަކޮށް އަމިއްލަ ވަގުތުކޮޅެއް ނަގާލަން ބޭނުންވީ. ޒިވާ ގާތުބުނޭ އެއްވެސް ކަމަކާ ކަންބޮޑުނުވާށޭ. ސަލްވާ ގާތުބުނޭ ދެން ލަސްނުކޮށް މަސައްކަތް ފަށާށޭ. އަޒީމާ ހައިރާންވިއެވެ. މާކުރިން ރާވާފައި އޮތްކަމެއް އެނގުނީމައެވެ.

އޭނާ ނަވީނާ ވާހަކަތައް ދައްކައި ހިތްހަމަ ޖައްސާލިއެވެ. ޒިވާއަށް އެ އުފާވެރި ހަބަރުދޭން ދާންވީއެވެ. އެކުއްޖާ ފަކީރު ހިތްހަލާކުވެގެން އަވަދިވަނީއެވެ. ފޯނުކޯލު މެދުކަނޑާލައި އޭނާ އެއްކަލަ ތަސްވީރަށް ނަޒަރުހިންގާލައި ލޮލުން އޮހޮރުނު އެ ކަރުނަތަކުގައި އެތައް ވާހަކަތަކެއް ފޮރުވިފައިވާނެ ކަން ގައިމެވެ.

ދުނިޔެއަކީ ފާޑެއްގެ ތަނެކެވެ. ހަމަ އެފަދައިން އިންސާނެއްގެ ހިތަކީ ފުރޭނެ އެއްޗަކަށް ނުވެފައި ކިތައްމެ ކުލައެއްޖައްސާ ފުރިހަމަ ކުރިއަސް ގަޑުބަޑު އެއްޗެކެވެ. ބައެއް ޚިޔާލުތައް އެހެން ދުނިޔެއެއްގައި ރައްކާކޮށްފައި ބެހެއްޓުން މާ ބުއްދިވެރިއެވެ. އޭނާ ހިތާއިދެކޮޅަށް ހުދު ތުނިފޮތިގަނޑު އެ ތަސްވީރުގައި އަޅައިނިވާކޮށްލިއެވެ.

ޒިވާގެ ހިތުގައި ޖައްސައި އޭނާއަށް އަޅައިލުން ނުދެވުނީތީ ނަވީން ދެރަވިއެވެ. ޒިވާއަކީ އަސްލެވެ. ތަސްވީރުގައި އެވަނީ ފުރާނެ ނެތް ކުރެހުމެކެވެ. އެތަސްވީރަށް ފުރާނަ އެޅިގެން އޭނާ ގާތައް އޭގައި ހުރި އަންހެނާ ދުވަހަކުވެސް ނާންނާނެއެވެ. އެންމެ ރަނގަޅުގޮތަކީ އެ ތަސްވީރު އެގޮތުގައި ބަހައްޓައި ޚިޔާލީ ދުނިޔެއިން ސިކުނޑިން ނެރެލައި ހަޤީޤަތާއި ކުރިމަތިލުމެވެ. ޒިވާއަކީ އޭނާއަށް ވާން އުޅޭ އަނބިމީހާއެެވެ. އޭނާގެ މުސްތަޤުބަލެވެ. ހަޔާތް ބާއްޖަވެރިކުރަން ހަޔާތުގެ ތަނބުކޮޅަށް ޖަހައި އޭނާއާ އަތާ އަތްގުޅައިގެން ދިރިއުޅުން ބިނާކުރަން ހުރި ފަރާތެވެ.

=ނުނިމޭ=

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި