މޯލްޑިވްސް 2.0އާއެކު އައިޓީ ދާއިރާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހަކު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، އައިޓީ ދާއިރާގެ ފުރުޞަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަކީ އެމަނިކުފާނު އިސްކަންދެއްވާ މަސައްކަތެއްކަމަށެވެ. ޚާއްސަކޮށް ރާއްޖެ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ދާއިރު މޯލްޑިވްސް 2.0ގެ ދަށުން އައިޓީދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިވެރިންނަށްވެސް ފުރުޞަތުތައް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެސްއެމްއީތައް ފުޅާކުރުމަކީ ސިޔާސަތެއް ކަމާ އިކޮނަމީގައިވެސް އައިޓީ ދާއިރާ ފުޅާކުރުމަކީ ސިޔާސަތުެއްކަން ފާހަގަކުރައްވާ ރައީސް ވިދާލުވީ، ހުރަސްތައް ހުރިއްޔާ އެއީ ހައްލުކުރުން މުހިއްމުކަމެއް ކަމަށެވެ.

ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢު އިފްތިތާހް ކުރީ މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން އެކި އިދާރާތކަުގެ މަސައްކަތްތައް އެއްކޯސް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދާ މަޝްރޫޢުއެކެވެ.