1280 × 720 (16:9)
ހުކުރު21 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަގުމަގު ޕޯޓަލްގައި، މިހާތަނަށް 224 ފިހާރަ ރަޖިސްޓްރީކޮށްފި

އަގުމަގު ޕޯޓަލް އާ ބެހޭ ގޮތުން ތައްޔާރުކުރެވިފައިވާ ޕޯސްޓެއް----އޭއައިގެ އެހީގައި
މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ

ބާޒާރާއި ފިހާރަތަކުގައި ތަކެތި ހުރި އަގުތައް ބެލޭނެ ގޮތަށް ތައްޔާރުކޮށްފައިވާ "އަގުމަގު" ޕޯޓަލްގައި މިހާތަނަށް 224 ފިހާރައެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ 28 ފެބުރުވަރީ 2025 ގައެވެ.

އަގުމަގު ޕޯޓަލްގެ މައިގަނޑު ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމާއި، އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ޕޯޓަލްގައި ހިމަނާފައިވާ ތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އަގުމަގު އެޕް މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،700 އަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަން ބޭނުންކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

300 × 250

ފުރަތަމަ މި ޕޯޓަލް މެދުވެރިކޮށް ފެންނަމުން ދިޔައީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ނަމަވެސް، އަގުމަގު އެޕް ތަޢާރަފްކުރުމާއެކު އަތޮޅުތަކުގެ ރަށްރަށުގައި ތަކެތި ވިއްކަން ހުންނަ އަގުތައްވެސް މިހާރު ފެންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތައް ވަގުތުން ބަލާލައި އަޅާކިޔާލެވޭނެއެވެ. މީގެއިތުރުން، އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގު ބަލާލުމުގެ އިތުރުން ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް މި އެޕްލިކޭޝަނުން ބަލައިލެވޭނެ ކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި