1280 × 720 (16:9)
ހުކުރު21 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޑަބްލިއުއެސްސީގެ އައު ހޮޓް ލައިން ނަމްބަރަކީ 1575

MWS
އެމްޑަބްލިއުއެސްސީ
މަރިޔަމް އަފީފާ
ފޮންޓް ސައިޒް
އާދައިގެ

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް އައު ހޮޓްލައިން ނަމްބަރެއް ތަޢާރަފްކޮފިއެވެ.

ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރ ކެއަރގެ އައު ހޮޓްލައިން ނަންބަރެއްގެ ގޮތުގައި ތަޢާރަފްކޮށްފައިވަނީ 1575 އެވެ.

މި ބަދަލާއެކު އެ ކުންފުނިން ކުރިން ބޭނުންކުރަމުން އައި ހޮޓްލައިން ނަންބަރު 105 ދެން ޚާއްޞަ ވެގެންދާނީ ކުންފުނީގެ އެމަޖެންސީ ހޮޓްލައިން ނަންބަރުގެ ގޮތުގައި ކަމަށާ އަދި އަލަށް ތަޢާރަފް ކުރެވުނު ނަންބަރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ކުންފުނީގެ ފަރާތުން ކަސްޓަމަރުންނަށް ކުރާ ފޯނު ކޯލްތަކުގައި ސްކްރީނުން ފެންނަން ހުންނާނީ 1575 ކަމަށް އެމްޑަބްލިޔުއެސްސީ އިން މަޢުލޫމާތު ދީފައިވެއެވެ.

300 × 250

105 އެމަޖެންސީ ހޮޓްލައިންގެ ޚިދުމަތް ހަފްތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ. އަދި އަލަށް ތަޢާރަފްކުރެވުނު 1575 ކަސްޓަމަރ ކެއަރ ހޮޓްލައިންގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެއެވެ.



300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި