1280 × 720 (16:9)
ހުކުރު21 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަމިއްލަ ނަފުސާއި ދުނިޔޭގެ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ކީރިތި ރަސޫލާ ދެކެ ލޯބިވުމާއި ސުންނަތަށް ނަޞްރުދީގެން މެނުވީ އީމާންކަން ފުރިހަމަނުވާނެ: ހުކުރު ޚުޠުބާ

ބ އޭދަފުށީ މަސްޖިދުލް މުހައްމަދުއަލީ-----ފޮޓޯ: ޓކްޓޮކް އެލް
މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ

އެމީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަދި އަނބިދަރީންނަށް ވުރެ ބޮޑަށް ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. "މާތް ނަބިއްޔާمُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَދެކެ ލޯބިވުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ ރަސޫލާ ދެކެ ލޯބިވުމުގެ މުހިންމުކަމާއި، އެކަލޭގެފާނުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ފޮނުއްވުމުގެ ކުރިން މުޅި ދުނިޔެ އޮތީ ބޮޑުވެގެންވާ ޖަހާލަތާއި އަނިޔާވެރިކަމުގެ ތެރޭގައެވެ. އެގޮތުން މަދު ބަޔަކު ފިޔަވައި މީސްތަކުން އަޅުކަން ކުރަމުން ދިޔައީ ބުދުތަކަށާއި، ގަސްގަހާގެއްސަށާއި، އަލިފާނަށާއި، ފެނަށާއި، ހިލަތަކުގެ އިތުރުން އިންސާނުންނަށް ކަން ޚުޠުބާގައި ފާހަގަކުރިއެވެ.

"ޙައްޤުވެގެން އަޅުކަންވެވޭ އިލާހު ދަންނަ މީހުން އޭރު ވަރަށް ވެސް މަދެވެ. އޭގެ ކުރިން ބާވައިލެއްވުނު އިލާހީ ދީންތައް އޮތީ ބަދަލުކުރެވި، އޭގެ އަސްލު ގެއްލިފައި،" ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެ ޒަމާނުގައި ދުނިޔޭގައި ވެރިވެފައި އޮތީ ޖަންގަލީގެ ޤާނޫނު ކަމަށާއި، އިންސާނުންނަކީ ބާޒާރުތަކުގައި ގަނެވިއްކޭ މުދަލަކަށް ވެފައިވާ ކަމަށް ވެސް ޚުޠުބާގައި ހާމަކުރިއެވެ. މީގެ އިތުރުން އަންހެން ދަރިން ދިރިތިއްބާ ވަޅުލުމާއި، ރާބުއިމާއި، ޤިމާރު ކުޅުމުގެ އިތުރުން ރިބާގެ މުޢާމަލާތްތައް އޭރު އާންމުވެފައިވާ މިންވަރު ޚުޠުބާގައި ވަނީ ސިފަކޮށްދީފައެވެ.

300 × 250

އިންސާނިއްޔަތު މިފަދަ ދަށު ދަރަޖައަކަށް ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށްޓަކައި ﷲ ފޮނުއްވި ރަސޫލަކީ މާތް ނަބިއްޔާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަމަށް ޚުޠުބާގައި ބުންޏެވެ. އެކަލޭގެފާނަކީ ތަޤުވާވެރިންގެ ވެރިޔާ ކަމަށާއި، ނަބީކަމާއި ރަސޫލުކަން ފުރިހަމަކުރެއްވި މާތް ސާހިބާ ކަމަށް ޚުޠުބާގައި ސިފަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، އެކަލޭގެފާނަކީ ޤިޔާމަތް ދުވަހުގައި މަޙްމޫދުވެގެންވާ މަޤާމުގެ ވެރިޔާ ކަމަށާއި، އަދި އަލްޙައުޟުގެ ވެރިޔާ ކަމުގައެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް އެންމެ ފުރަތަމަ ހުޅުވޭނޭ ބޭކަލަކީ ވެސް އެކަލޭގެފާނު ކަމަށް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ. މުސްލިމުންގެ މައްޗަށް އެކަލޭގެފާނުގެ އޯގާތެރިކަމާއި ރަޙްމަތްފުޅު ހުރި މިންވަރު ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތައް ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މާތް ނަބިއްޔާمُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނަފްރަތުކުރުމާއި، މަލާމާތްކުރުމާއި، ނުވަތަ ފުރައްސާރަކުރުމަކީ މީހާ އިސްލާމްދީނުން ބޭރުވާ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ އިންޒާރު ދީފައެވެ. އެފަދަ މީހުންނަކީ ﷲ ގެ ލަޢުނަތް ލިބި، ނިކަމެތިވެ، އަދި ޢަޛާބަށް ކަނޑައެޅިގެންވާ ބައެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ނަބިއްޔުންނަށާއި ރަސޫލުންނަށް މަލާމާތްކުރުމަކީ މި ޒަމާނުގައި އަލަށް ފެށުނު ކަމެއް ނޫންކަން ފާހަގަކޮށް، ޚުޠުބާގައި ބުނީ ކޮންމެ ނަބިއްޔަކަށް ވެސް ފުރައްސާރަކުރި ބަޔަކު އުޅުނު ކަމަށެވެ. ނަމަވެސް އެފަދަ މީހުންގެ ކިބައިން ނަބިއްޔާ ސަލާމަތްކުރެއްވުމަށް ﷲ ފުދިވޮޑިގެންވާ ކަމަށާއި، އެކަލޭގެފާނަށް ނަފުރަތުކުރާ މީހާއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ، ފުރިހަމަ ގޮތުގައި އެކަލޭގެފާނަށް ތަބާވުމާއި، އެކަލޭގެފާނުގެ މާތް ޙަޔާތްޕުޅު އަޅުގަނޑުމެންގެ މަގުދައްކާ ނަމޫނާއެއް ކަމުގައި ބެލުން ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެކަލޭގެފާނު އުންމަތަށް ދަސްކޮށްދެއްވި އަޚްލާޤީ މިންގަނޑުތަކަށް ތަބާވުމަކީ ލޯބިވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

"ތެދުވެރިކަމާއި، ކެތްތެރިކަމާއި، ޢަދުލުވެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، މަޑުމައިތިރިކަމަކީ އެކަލޭގެފާނު ގެނެސްދެއްވި މާތް ސިފަތައް،" ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ގައި ބުނޯ ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމޫނާއެއް ކަމުގައި ބަލައި، އެކަލޭގެފާނަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި މަގު ކަމުގައެވެ. އަދި އެކަލޭގެފާނަށް ނުކިޔަމަންތެރިވާ މީހާއީ ސުވަރުގެ ވަނުމަށް އިންކާރުކުރި މީހާ ކަމަށް ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
މިއަދުގެ ހުތުބާވެސް ނިންމާލީ ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ސޮލަވާތް ކިޔެވުމަށް ހަނދުމަކޮށްދީ ނަސޭހަތްތެރިވުމާއެކު ސޮލަވާތްކިޔެވުމުންނެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި