މިދިޔަ އޭޕްރީލް މަހު 127 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖޭންސީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ މާޗްމަހާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މާރިޗު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 73 މީހުންނެވެ. ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، މި މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.
ޑެންގީ ހުމަށް ގޭގަ ކުރެވިދާނެ ބައެއް ފަރުވާތައް:
- ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން
- ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން
- ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުން







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.