18 އަހަރު ނުފުރޭ ކުޑަކުދިންތަކެއް މާލޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި މާލޭގައި ހިންގި މާރާމާރީއެއްގައި 15 އަހަރު ނުފުރޭ ދެ ކުޑަކުދިން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 26 އަހަރުގެ ފިރިހެނަކަށެވެ. މާރާމާރީގެ ސަބަބުން 26 އަހަރުގެ މީހާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު ފުލުހުން ވަނީ މިފަދަ މާރަމާރީއެއް ހިނގިކަން ކަށަވަރުކޮށްދެއްވާފައެވެ. މި މައްސަލަ އާއި ގުޅިގެން 15 އަހަރު ނުފުރޭ ދެ ކުދިން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ނަމަވެސް، މި ދެކުދިންނަކީ ވެސް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުފުރައިގެ ދެކުދިން ކަމުން އެކުދިން ވަނީ އާއިލާ އާއި ހަވާލު ކޮށްފައިކަމަށް ފުލުހުން ވިދާޅުވިއެވެ.
ކުޑަކުދިންތަކެއް މީހަކަށް ހަމަލާދީފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.