1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އޮސްޓްރޭލިޔާގެ ނޯތުބްރިޖުގައި ދިވެއްސަކު ހާލުގައި ޖެހި މަގުމަތިވުމުން، އެހީތެރިކަމަށް އެދިއްޖެ

noy (1)
އޮސްޓްރޭލިއާ ނޯތުބްރިޖުގެ މަގެއްގެ މަންޒަރެއް---ފޮޓޯ: އޭބީސީ
މަރްޔަމް ޝަފާ ސައީދު
2,904ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅަނގު އޮސްޓްރޭލިޔާގެ ނޯތްބްރިޖްގައި ދިވެއްސަކު މަގުމަތިވެ ހާލުގައި ޖެހިފައިވާ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ގެދޮރު ނެތް މީހުންނަށާއި ގެދޮރު ގެއްލުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ "ރުއާހ އެންގޭޖްމަންޓް ހަބް" އިންނެވެ.

މަގުމަތިވެފައިވާ ދިވެހި ރައްޔިތާއަކީ ފަތުހުﷲ އިބްރާހީމް ކަމަށާއި، އޭނާއަށް މިވަގުތު ދިރިއުޅޭނެ ދާއިމީ ތަނެއް ނެތްކަމަށް އެ މަރުކަޒުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އޭނާއަށް ވަގުތީ ހިޔާވަހިކަން ލިބޭނެ އެންމެ ތަނެއް ހުރި ނަމަވެސް، އެތަނުގައި ވެސް ހަމައެކަނި ހަފްތާއެއްގެ މުއްދަތަށް ބެހެއްޓޭނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

300 × 250

ruރުއާޖަމިއްޔާ އިން އެ ހާލުގަ ޖެހުނު ދިވެހި މީހާ އަށް އެހީވުން އެދި އިސްލާމިކް މިނިސްޓްރީއަށް ދަންނަވާފައި

އޮސްޓްރޭލިޔާގެ ރައްޔިތެއް ނޫންކަމުން ދަތިތަކާ ކުރިމަތިވެފައި

ފަތުހުﷲ އިބްރާހީމްއަކީ އޮސްޓްރޭލިޔާގެ ރައްޔިތެއް ނޫން ކަމަށްވުމުން، އޭނާއަށް އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ލިބުމުގައި ގިނަގުނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން، އެކި ބާވަތުގެ އަނިޔާއާއި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ރުއާހ އެންގޭޖްމަންޓް ހަބްއަކީ ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެކެވެ. މި މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ފެންވެރުމާއި، އިންޓަނެޓް އަދި ފޯނު ބޭނުންކުރުމުގެ ޚިދުމަތްތަކާއި، އެހެނިހެން ތަންތަނަށް ރިފަރ ކުރުމާއި، ވަކާލާތުކޮށްދިނުމާއި އަދި ކުރުމުއްދަތުގެ އެހީތެރިކަން ހިމެނެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އެއްވެސް ބަހެއް ދީފައެއް ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި