1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ދައްކާ ނަމޫނާ އަކީ އެންމެ ވަރުގަދަ ހަތިޔާރު: ޝެއިޚް ފަހުމީ

400 (1)
އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ފޮޓޯ: އެކްސް
އާމިނަތު ޝަޒްލާ
208ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންމެ ކުއްޖަކީވެސް ސާފު ފިތުރަތުގެ މަތިން ދުނިޔެއަށް އުފަންވާ ކުއްޖެއްކަމަށާއި، އެ ކުއްޖާ ވަކި ކަހަލަ މީހަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ކަމުގައި އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ވިދާޅުވެއްޖެއެވެ.

ދީނީ އަދި އިޖުތިމާޢީ ނަޒަރަކުން ބެލެނިވެރިކަމާއި ބެހޭގޮތުން، ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޝެއިޚް ވިދާޅުވީ، ގޭތެރޭގައި ހަމަނުޖެހުން ހިންގައި، މައިންބަފައިން ޒުވާބުކޮށް އަނިޔާވެރިވާ ބައެއްގެ ގޮތުގައި އަބަދު ކުއްޖާއަށް ފެންނަ ކަމުގައި ވަނީނަމަ، އެކުއްޖާގެ ހަޔާތުގައި ކަންކަމާ ދިމާވާ ހާލަތްތަކުގައި ރުޅި އިސްކޮށް، ޒުވާބުކޮށް އަނިޔާވެރިވެގެން ކަންކަމުގައި ހައްލުހޯދަން އެކުދިން މަސައްކަތްކުރާނެ ކަމުގައެވެ.

ހަމައެހެންމެ، ކުދިން ކުރާ ގޯސް ކަންތައްތަކުގައި، އެކުއްޖާ ކުށްވެރިކުރުމުގެ ބަދަލުގައި އެކަން އެގޮތަށް ވާން ދިމާވީ ކޮން ސަބަބަކާ ހުރެތޯ ބެލުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ޝެއިޚް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

300 × 250

ޝެއިޚްގެ މި ބަސްތަކަށް ބާރުދެއްވަމުން، މި ޕްރޮގްރާމުގައި ޝެއިޚްއާއި އެކު ބައިވެރިވި، މި ވުޒާރާގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ، އަބްދުﷲ އަޝްރަފް ވިދާޅުވީ، ކުދިން އަދަބުވެރިކުރުމަށް ދެވޭ އަދަބަކީ، ކުއްޖާއަށް އޭގެ ސަބަބުން ނަފްސާނީ ގެއްލުންތަކެއް ނުވަތަ ޖިސްމާނީ ގެއްލުންލިބޭ ކަހަލަ އަދަބަކަށް ވެގެން ނުވާނެކަމަށެވެ. އަދި ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ފޯރުކޮށްދޭއިރު ކުއްޖާގެ އުމުރާއިގުޅޭ ގޮތަށް ވިސްނައިދީގެން އެކަންކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ.

"ކުއްޖާގެ އެންމެ ފުރަތަމަ މަދުރަސާއަކަށް މިވަނީ ގޭތެރެ، ނުވަތަ ކުއްޖާއާއި އެކީ އެންމެ ގިނަ ވަގުތު ހޭދަކުރާ މީހުން، ކުދިން ދަސްކުރާނީ އެކުދިންގެ މާހައުލުން ފެންނަ ކަންކަމާއި، އެކުއްޖާއަށް އަޑު އިވޭ އެއްޗެހި" އަޝްރަފް ވިދާޅުވިއެވެ.

މިއާއި ގުޅިގެން ޝެއިޚް ވިދާޅުވީ، ރަނގަޅު ދީންވެރި ދަރިއަކު ތަރުބިއްޔަތު ކުރެވޭނީ މައިންބަފަން ވެސް މާތް ﷲ އަށް ކިޔަމަންގަންނަ ބަޔަކަށްވެ އެއަމަލުތައް ދަރިންނަށް ނަމޫނާއަކަށް ދައްކައިގެން ކަމަށެވެ.

މައިންބަފައިނަކީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް ނަމޫނާއަކަށް ވާނެ އެންމެ ވަރުގަދަ ހަތިޔާރު އަދި އެންމެ ވަރުގަދަ ވަސީލަތް ކަމުގައި ޝެއިޚް ވަނީ ފާހަގަކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި