ދުންފަތުގެ ބާވަތްތަކުން އިންޕޯޓް ޑިއުޓީ ބޮޑުކުރީ ދަޢުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނޫންކަމަށާއި އެކަމުން ލިބޭ އާމްދަނީ ބޭނުންކުރާނީ ދުންފަތުގެ ވަބާއިން ރައްކާތެރިވުމާއި ހޭލުންތެރިކަމުގެ މަސައްކަތްތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޖެނެރޭޝަން ބޭން ގެނައުމަށް، ދުންފަތާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީޤުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ދުންފަތުން އާމްދަނީއެއް ނުވިއްޔާ ރަނގަޅީ. ނުވިސްނަން އާމްދަނީ ހޯދާކަން. ލިބޭ އާމްދަނީވެސް ހޭދަކުރާނީ އާއްމު ސިއްޙަތު ކުރިއެރުވުމަށް. ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް," ރައީސް މުޢިއްޒު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.