1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަނިމާދޫ އެއާޕޯޓު، އެންމެ ޒަމާނީ. އެހާމެ ހިތްގައިމު ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް

ހަނިމާ
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ.
މަރްޔަމް ޝަފާ ސައީދު
702ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލްގެ މަސައްކަތްތައް އަންނަ ޖުލައިމަހުގެ ނިޔަލަށް ނިންމާ، ޚިދުމަތްދޭން ފެށޭނެ ކަމަށް ލަފާކޮށްފިއެވެ. ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވި ގޮތުގައި މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ ނިޔަލަށެވެ.

2022 ވަނަ އަހަރު ފެށި މި މަޝްރޫޢުއަކީ އުތުރުގެ ތަރައްޤީއަށް އެންމެ ބޮޑު ކުރިއެރުމެއް ގެންނާނެ އެއް މަޝްރޫޢުކަމަށް ބެލެވެއެވެ. ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން 2460 މީޓަރުގެ އާ ރަންވޭއެއް ވަނީ ތަރައްޤީކޮށްފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރާ ގާތްކުރާ ސައިޒުގެ މަތިންދާބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. މިހާރު ފްލައިޓް ޖެއްސުމަށް ބޭނުންކުރަނީ މި އާ ރަންވޭގެ ބައެކެވެ.

300 × 250

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ޖުލައިމަހުގެ ނިޔަލަށް އެއަރޕޯޓްގެ މަސައްކަތްތައް ޚިދުމަތް ދެވޭ މިންވަރަށް ނިންމުމަށް. މިއީ ވަރަށް ބައިވަރު ބައިތައް ހިމެނޭ މަޝްރޫޢުއަކަށްވާތީ، މަޝްރޫޢުގެ ހުރިހާ މަސައްކަތްތައް ނިމޭނެކަމަށް އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށް،" މުބީން ވިދާޅުވިއެވެ.

އާ ޓަރމިނަލް އިމާރާތަކީ މޫދު "މަޑި" ސިފަވާ ފަރުމާއަކަށް ތަރައްޤީކުރާ ދެ ފަންގިފިލާގެ އިމާރާތެކެވެ. އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ އެތެރޭގެ އުދުހުންތަކަށް އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ މި އެއަރޕޯޓްގައެވެ.

މި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކުރެވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެ ތެރޭގައި 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންދާބޯޓު ހިމެނެއެވެ. މުޅި މަޝްރޫޢުގެ 83 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި