1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މައުރަޒުގައި 21 ގައިދީއެއްގެ ހުނަރު, ޖަލު އޮފިސަރުންގެ އުފެއްދުންތައް ވެސް

grr
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025,ގައިދީއެއްގެ ހުނަރު، ރައީސް ބައްލަވާލައްވަނީ
މަރްޔަމް ޝަފާ ސައީދު
194ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ގައިދީންނާއި ޕްރިޒަން އޮފިސަރުންގެ އުފެއްދުންތެރިކަމުގެ ހުނަރުތައް ދައްކާލައިފިއެވެ. މި މައުރަޒު ރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އުފެއްދުންތައް މި މައުރަޒުގައި ދައްކާލަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރެސްކޯ) މެދުވެރިކޮށެވެ. މި މައުރަޒުގައި 21 ގައިދީއެއްގެ 16 އުފެއްދުމަކާއި ހަތަރު އޮފިސަރެއްގެ ހަތަރު އުފެއްދުން ހިމެނެއެވެ.

couދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025,ގައިދީއެއްގެ ހުނަރު

300 × 250

އެމްސީއެސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައުރަޒުގައި ގައިދީންގެ އުފެއްދުންތައް ބައިވެރިކުރުމުގެ މައިގަނޑު މަޤްޞަދަކީ ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.

މި މައުރަޒުގައި އުފެއްދުންތައް ބައިވެރިކޮށްފައިވާ ގައިދީންގެ ތެރެއިން ތިން ގައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ރޭ ދީފައިވާ ކަމަށް އެމްސީއެސްއިން ބުނެފައިވެއެވެ. އަދި މައުރަޒު ކުރިއަށްދާ މުއްދަތުގައި އިތުރު ގައިދީންނަށްވެސް މި ފުރުޞަތު ދެވޭނެ ކަމަށް އެ ސަރވިސްއިން މަޢުލޫމާތު ދީފައިވެއެވެ.

coyދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025,ގައިދީއެއްގެ ހުނަރު، ރާޒުވާބައެއް، ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މައުރަޒަކީ އިޤްތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި