ގައުމީ ދިފާއީ ބާރުން ދެއްވާ މިފަދަ އާންމު ހިދުމަތަކީ ޚަބަރެއް ގޮތަށް އިއުލާނުކުރާ ވަރަށްވުރެ ޟަރޫރީ ޚިދުމަތެއް ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މާފަންނު ގެއެއްގެ 05 ވަނަ ފަންގިފިލާއަށް އުމުރުން ދުވަސްވީ އަންހެނަކު އެރުވުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ޖަހައި ކޮށްފައިވާ ޓުވީޓެއް، ރީޓްވީޓް ކުރެއްވުމަށް ފަހު އަލީ ވަހީދު ބުނެފައިވަނީ، ގައުމީ ދިފާއީ ބާރުން ދެއްވާ މިފަދަ އާންމު ޚިދުމަތަކީ ޚަބަރެއް ގޮތަށް އިއުލާނުކުރާ ވަރަށްވުރެ ޒަރޫރީ ޚިދުމަތެއް ކަމަށާއި، އެއީ ރައްޔިތުންނަށް ޙައްގު ހިދުމަތެއް ކަމަށެވެ. އަދި އެކަމަށް ޝުކުރުވެރިވާ ކަމަށާއި، އެމްއެންޑީއެފް ބޭފުޅުންނަށް އަބަދުވެސް ފަޚުރުވެރިވާ ކަމަށްވެސް އަލީ ވަހީދުގެ ވިދާޅުވެފައިވެއެވެ. އަދި ހަމަ އެގޮތަށް އުތުރު ތިލަފަޅު އެއްބަސްވުމަށާއި ސިޔާދަތަށްވެސް އިސްކަންދެއްވުމަށް އަލީ ވަހީދު ކުރެއްވި ރީޓްވީޓްގައި ބުނެފައިވެއެވެ. https://twitter.com/ali20waheed/status/1450888744786092032

އަލީ ވަހީދު މިހާރު ޔޫކޭ ގައި ހުންނެވިއިރު، އެމަނިކުފާނު ޓުއަރިޒަމް މިނިސްޓަރ ކަމުގައި ހުންނެވިއިރު މުވައްޒަފުން ތަކަކަށް ޖިންސީގޯނާ އާއި ޖިންސީ ފުރައްސާރަ ކުރިކަމުގެ ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.