1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުން ރަންވަނަތަކެއް ހޯދި އައިމިނަތު އިބްރާހީމާ، ވަޒީރު ޝިޔާމް ބައްދަލު ކުރައްވައިފި

499734982_122209397408252741_7971226273715352963_n
އުފެއްދުންތެރިކަމުގެ މައުރަޒުން ރަންވަނަތަކެއް ހޯދި އައިމިނަތު އިބްރާހީމާ، ވަޒީރު ޝިޔާމް ބައްދަލު ކުރެއްވުމުގެ ތެރެއިން... ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އާމިނަތު ޝަޒްލާ
391ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އުފެއްދުންތެރިކަމުގެ މައުރަޒުން ރަންވަނަތަކެއް ހޯދި އައިމިނަތު އިބްރާހީމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އައިމިނަތު އިބްރާހީމް ވަނީ ތިން ގިންތިއަކުން ވަނަތައް ހޯދާފައެވެ. އެއީ މަސްވެރިކަމުގެ ގިންތިން ދެ ވަނަ އަދި މަހުގެ އުފެއްދުންތައް ވެލިއު އެޑިޝަން ދެ ވަނަ އަދި އުފެއްދުންތެރިކަމުގެ މައުރަޒުން ތިން ވަނައެވެ.

300 × 250

މި ބައްދަލުވުމުގައި، މި މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ އައިމިނަތު އިބްރާހީމާއި މިނިސްޓަރ މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ އައިމިނަތު އިބްރާހީމަށް ދެއްވާފައެވެ.

502468817_122209397252252741_8295260486606664133_n

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމް ދިނުމުގެ ރަސްމީޔާތުވެސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ޙާޞިލުކުރެއްވި 5 އުފެއްދުމަކަށް އިނާމް ޙަވާލުކޮށްދެއްވާފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.

ރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަމަ ބޭއްވީ 1944 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހުން ތަފާތު ނަންނަމުގައި މި މައުރަޒު މީގެ ކުރިން އެކި އަހަރުމަތިން ވަނީ ބާއްވާފައެވެ. އެހެންނަމަވެސް މިހާ ފުޅާކޮށް މި މައުރަޒު ބޭއްވިގެން މިދަނީ ގާތްގަނޑަކަށް 6 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި