އިންޑިއާގައި ކައިވެނިކޮށްގެން ފިރިހެނެއްގެ ވަގު ބިޓުއަށާއި ފިރިމީހާއަށް އަނބިމީހާ ހޭއަރުވާލައިފިއެވެ. މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ 30 ވަރަކަށް ސިކުންތުގެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ފައިވާން ކިބައެއް ނަަގައިގެން ފިރިހެންމީހާ އާއި އޭނަގެ ވަގު ބިޓު ގައިގަ ތަޅާ މަންޒަރު ފެނެއެވެ. 10 ވަރަކަށް މިނެޓަށް ދިގުލައިގެން ދިޔަ ޒުވާބެއްގެ ތެރޭ އަންހެން މީހާ ވަނީ އެތަކެއް ފަހަރަކު ފިރިމީހާގެ ވަގު ބިޓު އަށް ފައިވާން ކިބައަކުން ހަމަލާދީފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، އެއަންހެން މީހާ އޭނާގެ ދައްތައަކާއި އެކީ ޖިމަކަށް ދިޔައީ އޭނަގެ ފިރިމީހާގެ ސިއްރު ލޯބިވެރިޔާއާއި އިތުރު ބަޔަކާއި އެކީ ތިބިކަން އެނގުމުން ކަމަށާއި، އަންހެން މީހާ އެތަނަށް ދިޔަ ގޮތަށްގޮސް ފިރިހެންމީހާގެ ވަގު ބިޓު ގައިގަ ފައިވާނުން ތަޅައިފައިވާ ކަމަށެވެ. https://www.youtube.com/watch?v=F21-qZPCCYA މިވީޑިއޯއަށް ކޮމެންޓު ކޮށްފައިވާ ގިނަ މީހުން ބުނާގޮތުގައި އަންހެން މީހާ ކަންތައް ކޮށްފައިވަނީ ހަމަ ރަނގަޅަށް ކަމަށާއި، މީހުންނާއި އިނދެގެން ވަގު ބިޓުން ގެންގުޅޭ މީހުންނާމެދު އެންމެންވެސް ކަންތައް ކުރަންވީ ގޮތަކީ އެއީ ކަމުގައެވެ. އަންހެން މީހާގެ ހިތްވަރަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެެވެ. ފިރިހެން މީހާ އަންހެން މީހާގެ ތުހުމަތުތަކަށް އިންކާރުކޮށް ބުނެފައިވަނީ ސިއްރު ލޯބިވެރިޔާ ކަމަށް އަނބިމީހާ ތުހުމަތު ކުރާ މީހަކީ އޭނަ ދަންނަ މީހެއްވެސް ނޫން ކަމަށެވެ.
ފިރިމީހާއާއި ފިރިމީހާގެ ވަގު ބިޓަށް ހޭއަރުވާލައިފި

300 × 250






ޚިޔާލު (1)
ބިޓުއަށ ނޫނ ބިޓަށް