1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދުޅަހެޔޮ މައެއްގެ ބަނޑުން ދުވަސްފުރާ، ދުޅަހެޔޮ ދަރިއަކު އުފަންވުމަކީ ޢާއިލާއަށާއި ޤައުމަށް ލިބޭ އެންމެ އަގުރި ހަދިޔާ: ވަޒީރު ނާޒިމް

MInister nazim-1748537648388
ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް... ފޮޓޯ: ޞިއްޙީ ވުޒާރާ
އާމިނަތު ޝަޒްލާ
154ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަރުދަނާ ޖީލެއް ބިނާކުރުމަށް މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި  ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ދުޅަހެޔޮ މައެއްގެ ބަނޑުން، ދުވަސްފުރާ، ދުޅަހެޔޮ ދަރިއަކު އުފަންވުމަކީ ޢާއިލާއަށާއި ޤައުމަށް ލިބޭ އެންމެ އަގުރި ހަދިޔާ ކަމަށެވެ. އެއީ  ޢާއިލާގެ އުފާ ފާގަތިކަމާ، ޤައުމު ބިނާ ކުރުމާއި ޤައުމުގެ ތަރައްޤީ ދެމެހެއްޓޭނީ ދުޅަހެޔޮ ޖީލެއް ބިނާކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުޅަހެޔޮ ރައްކާތެރި މައިވަންތަކަން ކުރިއެރުވުމަށް މަގުފަހިކުރުމާއި، ދަރިމައިވުމުގައި ދިމާވާ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމާއި، ދަރިފުޅާއި މައިމީހާގެ ޞިއްޙަތަށް ނުރައްކާވެދާނެ ހާލަތްތަކާއި އާދަތަކާއި މާޙައުލުތަކުން ރައްކާތެރިވެ  ތިބެންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

300 × 250

މިކަމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އައިޖީއެމްއެޗްގައި ފާރޓިލިޓީ ސެންޓަރެއް ޤާއިމްކުރެވިފައިވާ ކަން ފާހަގަކުރައްވާ، ދުޅަހެޔ ޞިއްހަތެއްގައި ދިވެހި ރައްޔިތުން ތިބުމަށް އަޅާފައިވާ ފިޔަވަޅުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

''ދަރުމަވަންތަ ހޮސްޕިޓަލްގަ ފަރޓިލޓީ ސެންޓަރ ޤާއިމްކޮށް ޚިދުމަތް ދޭންވަނީ ފަށާފަ. ތުއްތު ކުދިންނާ އެންމެހާ ދިވެހިންގެ ކާނާގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ކާބޯތަކެތީގެ ޤާނޫން އުފަންކޮށް ތަންފީޒު ކުރަން ވަނީފަށާފަ. ފުރިހަމަ ޞިއްޙަތުގެ އެންމެ ބޮޑު ޢަދުއްވު ކަމުގައިވާ ދުންފަތް ކޮންޓްރޯލް ކުރުމަށް އެތައް އެތައް ހަރުދަނާ ފިޔަވަޅެއް ވަނީއަޅާފަ'' މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ރާއްޖޭގައި ވޭޕް މަނާކޮށް ޖެނެރޭޝަނަލް ބޭން ތަޢާރަފްކޮށް 24 ގަޑި އިރު ޚިދުމަތްދޭ ކުއިޓް ލައިން ޤާއިމްކުރެވިފައިވާ ކަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ވާރލްޑް ހެލްތ އޮގަނައިޒޭޝަން އިން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "

Healthy Beginnings, Hopeful Futures.

މި ޝިޢާރުން ބާރު އަޅަނީ ދުޅަހެޔޮ ތުއްތު ކުއްޖަކު އުފަންވެ ، ޞިއްޙަތު ރަނގަޅުކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިއްމު ކަމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި