މާލޭގެ ހާބަރު ފުޑް ކޯޓުގައި ހިންގާ "ސިޓީ ޓޭސްޓް" ކެފޭގައި ކާންތިބި ޒުވާނުންތަކެއް ގާތު ބިލް ދައްކަން ބުނުމުން، އެކަމާ ނުރުހުން ފާޅުކޮށް ބިދޭސީއެއްގެ ގައިގައި ޕޭމަންޓް ގަލަކުން ތަޅައި އަނިޔާކޮށްފިއެވެ. މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، ރޭ މެންދަމު 3:15 އެހާކަންހާއިރު، ކެފޭ ތެރޭގައި ކުއްލިއަކަށް އަޑުގަދަވެގެން ބަލާލިއިރު ޒުވާނުންތަކެއް ޕޭމަންޓު ގާތަކެއް ހިފައިގެން އައިސް އެ ކެފޭ ތެރެއަށް ވަނުމަށްފަހު އެޒުވާނުން އަތުގައި ހުރި ޕޭމަންޓް ގާތައް އެތަނުގެ މުވައްޒަފުންނާ ދިމާލަށް އުކި ކަމަށާއި، އެގާތަކުން ޖެހި އެތެރޭގަިއ ހުރި ބިއްލޫރި ތަށިތައް ތަޅައިގެން ދިޔަ މަންޒަރު ފެނުނު ކަމަށެވެ.
އަދި އެތަނުގައި ހުރި ގޮނޑިތަކާއި މޭޒުތައް އެކި ދިމަދިމާއަށް އެމީހުން އުކާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ގޮނޑިތަކާއި މޭޒުތައް ހަލާކުވި ކަމަށްވެސް އޭނާ ކިޔައިދިނެވެ.
"ތަށިތަކާ އެއްޗެހި ތަޅައިގެންދާ އަޑުފައްގަނޑު އިވުނު. އެތެރޭގައި ތިބި މީހުން ބިރުން ރޮއެ ހަޅޭއް ލަވާ އަޑު ވެސް އިވުނު. އެގަޑީ އެތަނަށް ގޮސް ބެލިއިރު ހަމަލާދިން މީހުން ދުވެ ފިލައިފި. ފުލުހުން އައި އިރު އެ މީހުންނެއް ނެތް،" އޭނާ ކިޔައިދިނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.