ބަންޑާރަ ކޮށީ ތެރެއިން، މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ބަންޑާރަ ކޮށީގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން އެމައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ ކަމަށެވެ، ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއަށްވުރެ އިތުރުއެއްވެސް މައުލޫމާތެއް ފުުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މަރުވެފައިވާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މުވައްޒަފެއް ކަމަށާއި، އޭނާ ފެނިފައިވަނީ ފާޚާނާއެއްގެ ތެރެއިން ކަމަށް ވެއެވެ. ނަމަވެސް މި މަޢުލޫމާތު ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.