1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ހިޔާލު ހޯދަން ފަށައިފި

ope
ޑިޖިޓަލް އައިޑެންޓިޓީ އަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފަށާފައިވާ މަސައްކަތެއް
މަރްޔަމް ޝަފާ ސައީދު
167ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ސަރުކާރުގެ "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ޑްރާފްޓަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންނެވެ.

ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ބިލާ ގުޅޭގޮތުން ލިބޭ ހުރިހާ ހިޔާލެއް އާންމުކުރާނެ ކަމަށް ވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

"މޯލްޑިވްސް 2.0" އަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

300 × 250

ޑިޖިޓަލް އައިޑެންޓިޓީ ބިލަކީ "މޯލްޑިވްސް 2.0" މަޝްރޫއުގެ ހަތަރުވަނަ ތަނބުގެ ދަށުން ތައްޔާރުކޮށްފައިވާ ބިލެކެވެ. މި ބިލުގެ މަގްސަދަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަލުވިކޮށް ފަސޭހަކުރުމެވެ.

ވުޒާރާއިން އިތުރަށް ފާހަގަކޮށްފައިވަނީ، މި ބިލާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން، ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓުން ސަރުކާރުގެ މުހިންމު އިދާރާތަކުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. މި ޕްރޮޖެކްޓަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމާއި، ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ ޕްލެޓްފޯމެއް ތަރައްގީކުރުން ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި