1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހި ޙައްޖުވެރިން މަޝާއިރުގެ ކަންކަން ނިންމައި، މައްކާއަށް ދަތުރު ފަށައިފި

mah
މަޝާއިރުގެ އެންމެހައި ކަންކަން ނިންމައި، މައްކާއަށް ދަތުރު ފަށާފައި
މަރްޔަމް ޝަފާ ސައީދު
307ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ޙައްޖުވެރިން މަޝާއިރުގެ އެންމެހައި ކަންކަން ނިންމައި، މައްކާއަށް ދަތުރު ފަށާފައިވާ ކަމަށް ދިވެހި ހައްޖު މިޝަނުން ހާމަކޮށްފިއެވެ.

ހައްޖު މިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިވެހި ޙައްޖާޖީން މިނާ ޓެންޓުގައި ހޭދަކުރުމަށްފަހު، މައްކާ ގަޑިން 11:30 ގައި ޖަމްރާތަކަށް ހިލަ އުކުމުގެ އެންމެހައި ކަންކަން ވަނީ ފުރިހަމަކޮށްފައި ކަމަށެވެ. "ދިވެހި ޙައްޖުވެރިން މަޝާއިރުގެ ކަންކަން ނިންމާފައި މިހާރު ދަތުރުކުރަމުންދަނީ މައްކާއަށް ދިއުމަށް" ހައްޖު މިޝަނުން ބުނެފައިވެއެވެ.

މީގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު އަލީ ސައީދު ރޭގައި ވަނީ ޒިޔާރަތްކުރައްވާފައެވެ.

300 × 250

https://twitter.com/hajjmission_mv/status/1931674260902494424?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1931674260902494424%7Ctwgr%5Eb69a0857be454820c9ea272599d41d33831d801d%7Ctwcon%5Es1_&ref_url=https%3A%2F%2Fsababu.mv%2Fwp-admin%2Fpost.php%3Fpost%3D34452action%3Dedit

މި ޒިޔާރަތުގައި މިނިސްޓަރާއެކު މިވަގުތު މައްކާގައި ތިއްބެވި މިނިސްޓަރުންގެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތްކުރެއްވިއެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފެވެ.

މިނިސްޓަރުންގެ ޓީމުން މި ޒިޔާރަތުގައި ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި އަދި މުޠައްވިފްގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި