1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް، ލައިބާއަށް މަރުހަބާ ވިދާޅުވުމުން ލިބުނީ ހިތްވަރެއް، ރައީސަށް ޝުކުރު ދަންނަވަން: މަހްލޫފް

laii
މަހްލޫފް އާއި ލައިބާ --
މަރްޔަމް ޝަފާ ސައީދު
1,498ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރިކަނބަލުން ލައިބާ އަހްމަދު މަޙްލޫފް، ދިވެހިރާއްޖެއަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވި ކަމީ ލައިބާއަށާއި އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްވަރެއް ކަމަށް ލައިބާގެ ބައްޕަ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އަރމޭނިއަން ޔޫތު އޯޕަންގެ ބެޑްމިންޓަން މުބާރާތުން ލައިބާ ހޯދި ކާމިޔާބީއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ މިއީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް،" ރައީސް ވިދާޅުވިއެވެ.

300 × 250

https://twitter.com/ahmedmahloof/status/1931734156624413100?s=46&t=xXWWl1GMegXeppP8nS39IQ

މި މުބާރާތުގައި ލައިބާ ވަނީ ތިން ރަން މެޑަލް ޙާޞިލްކޮށްފައެވެ. މި ކާމިޔާބީ ފާހަގަކުރައްވައި މަހްލޫފް ވިދާޅުވީ ބައިނަލްއަޤުވާމީ އަދި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ "އަރުތަ" ޕްރޮގްރާމުގައި ހިމަނުއްވައިދެއްވި ކަމަށްޓަކައި ރައީސް މުޢިއްޒު އާއި ކުޅިވަރާބެހޭ ވަޒީރު ރާފިއުއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ލައިބާގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް ކުރެއްވި އޭނާގެ ބައްޕަ މަހްލޫފް ވިދާޅުވީ، "اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތް ކުރާނެ" ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި