1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލާޔާ އެކަޑަމީގެ ގްރާސްރޫޓް ވައިޑީޕީ ޕްރޮގްރާމްގެ ކިޓުގެ ތައާރަފުކޮށްފި

247022195_1367209697010289_4638507865426353447_n
ހުވަދޫ ނިއުސް ޓީމް
616ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ގައްދޫ ލާޔާ އެކަޑަމީއިން ފެށުމަށް ތައްޔާރުވެފައިވާ ގްރާސްރޫޓް ވައިޑީޕީ ޕްރޮގްރާމްގެ 2020/2021 ވަނަ އަހަރު ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކިޓުގެ ތައާރަފުކޮށް، މެއިން ސްޕޮންސަރ އަލްޝާލީ މެރިން މޯލްޑިވެސް ހަމަޖައްސަވައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ރާއްޖޭގެ މަގްބޫލު ރެސްޓޯރަންޓެއް ކަމަށްވާ ކިންގްސް ކޯނަ ކެފޭގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ލާޔާ އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ، އެއެކަޑަމީގެ ނާއިބު ރައީސް ފާތިމަތު މަމްދޫހާއެވެ. އަދި އަލްޝާލީ މެރިން މޯލްޑިވެސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިސްމާޢީލް ޝަރީފެވެ. ލާޔާ އެކަޑަމީ ފާހަގަ ކުރެވިފައިވަނީ، ގދ ގައްދޫގެ އިތުރުން މުޅި ހުވަދު އަތޮޅުގައިވެސް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއަކަށެވެ. އެގޮތުން ލާޔާ އެކަޑަމީގެ ކިޓު މިފަހަރު ޙާއްސަކޮށްގައިވަނީ، ގައްދޫ އެކަމަކަށް ފަޚުރުވެރިވާ ގައްދޫ ކުނާވިޔުން ރަމްޒުކޮށްދޭ ކިޓަކަށެވެ. ލާޔާގެ މޮޓޯ ކަމުގައިވާ "ވަން ފެމިލީ، ވަން އައިލެންޑް، ވަން ކޮމިއުނިޓީ" ލޯގޯ އަދި "ލަވް ގައްދޫ" ގެ ލޯގޯވެސް ވަނީ ކިޓްގެ މެއިން ސްޕޮންސަރ އަލްޝާލި މެރިން މޯލްޑިވެސްގެ ލޯގޯއާއެކު ހިމަނާފައެވެ.1443-03-16 15.30.45


އުމުރުން 5 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ވައިޑީޕީ ޕްރޮގްރާމް ފެށުމަށް ލާޔާއެކަޑަމީން މިހާރު ގެންދަނީ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިހާތަނަށް 70 އަށްވުރެ ގިނަ ކުދިން އެއެކަޑަމީގައި ރަޖިސްޓްރީކޮށްފައި ވާއިރު، އިތުރު ކުދިންނަށް ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ލާޔާއެކަޑަމީން މައުލޫމާތު ދެއްވިއެވެ.

300 × 250

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިސްމާއީލް ޝަރީފް ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް މުޖުތަމައުއަށް ހިދުމަތްކޮށްދޭން ބޭނުންވާ ކުންފުންޏެއް ކަމަށާއި މި އެއްބަސްވުމުގައި ސޮއިކޮށް މިކަމުގައި ބައިވެރިވީ މުޖުތަމައުއަށް އެ ކޮށްދޭ ކަންކަން ހާސިލުކޮށްދިނުމުގެ އުއްމީދުގައި ކަމަށެވެ.

"ކޮމިއުނިޓީއަށް ސަޕޯޓުދިނުމުގެ ގޮތުން ލާޔާ އެކަޑަމީއަށް މިފަހަރު ކޮންޓްރިބިއުޝަން މި ދެނީ، ކޮމިއުނިޓީ އަދި އިންޑަސްޓްރީއަށް އެހީތެރިވާން މި ކުންފުނިން އަބަދުވެސް ބޭނުންވޭ، އެގޮތުންް މި ބަލަނީ އަޅުގަނޑުމެންނާއި ގުޅުންހުރި، ނުވަތަ އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކެއްގެ ރިކުއާމެންޓާއި އެކު ވެދެވެން ހުރި އެހީތެރިކަމެއް ވެ ދިނުން، މިބޭފުޅުން (ލާޔާ އެކަޑަމީ) ގެ ރިކުއެސްޓް ލިބިގެން އެކަން މުޖުތަމައުއަށް ކަމެއްހާސިލުކޮށްދޭން އަޅުގަނޑުމެން މިކަމުގައި ބައިވެރިވާން ނިންމީ " އިސްމާއީލް ޝަރީފް ވިދާޅުވިއެވެ.

ލާޔާ އެކަޑަމީގެ ނާއިބު ރައީސް ފާތިމަތު މަމްދޫހާ ވިދާޅުވީ މި އެއްބަސްވުމާއި އެކު މިއީ އެކަޑަމީގެ މަސައްކަތްތައް ކުރިޔަށްގެންދަން ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި މުސްތަގްބަލުގައި ވެސް މިފަދަ އެއްބާރުލުމެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަލްޝާ މެރިން އިން މި ސަޕޯޓް ދެއްވާތީ އެކްސްކޯގެ ފަރާތުން ޝުކުރުދަންނަވަން، ކުރިޔަށްއޮތް ތަނުގައިވެސް އެދެނީ މިފަދަ ކަންކަމަށް އަލްޝާމެރިން ގެ ފަރާތުން ފުލް ސަޕޯޓު ލިބޭނެކަމަށް" މަމްދޫހާ ވިދާޅުވިއެވެ.

ލާޔާ އެކަޑަމީ އަކީ 2019 ގައި ރަޖިސްޓްރީ ކުރެވިފައިވާ އެކަޑަމީއެކެވެ. ގދ. ގައްދޫގައި ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ރޫހު އުފެއްދުމާއި ،ދެޖިންސްގެ ޒުވާނުން ބާރުވެރިކުރުމާއި ،ގައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ، ހަށިހެޔޮ، ޑިސިޕްލިން ދަރިންތަކެއް ތަރުބިއްޔަތުކޮށް އިޖުތިމާޢީ މައްސަލަތަކަށް ހައްލެއް ގެނައުން މިއީ އެކަޑަމީގެ މަޤުސަދެވެ.1443-03-16 15.29.03އެ އެކަޑަމީން މިހާތަނަށް ގައްދޫގައި ވަނީ ހޭންޑްބޯޅަ ތައާރަފްކޮށްފައެވެ. އަދި ހޭންޑްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންދިޔަ އިރު އެފްއޭއެމްގެ އެހީތެރިކަމާއި އެކު ޔުއެފާ ލައިސެންސް ކޯޗިން ކޯސް ރަށަށް ނިސްބަތްވާ ދެ މެމްބަރުން ވަނީ ފުރިހަމަކޮށްފައެވެ. ލާޔާ އެކަޑަމީގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަނަމަވެސް ރަށުކައުންސިލާއި ،ރަށުގެ ބައެއް ޒުވާނުން އަދި ބެލެނިވެރިންގެ ފަރާތުން ގެ އިތުރުން ލާޔާ އެކަޑަމީގެ ސުޕެޝަލް އެޑްވައިޒަރ އަބްދުﷲ ސަލީމްގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެކަޑަމީ އިން ޝުކުރުއަދާކުރެއެވެ.  

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • މުނީރު

    ތި ގައްދޫގައި ތި ކަހަލަ ކަމެއް ކުރުމަކީ އުދަގޫކަމެއް.ތިރަށުގައި އުޅޭ މީހުންނަކީ ވަރަށް ފިތުނަ އުފައްދާ ބައެއް.ތިނަދޫ ނަމޫނާ އަކަށް ބަލާބަލަ!

ގުޅުންހުރި