1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޝައިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާ ކުރަނީ

418573_3_d77623d57dba513193435269fd2b311476957cca_large
ދީނީ އިލްމުވެރިޔާމަރުހޫމު ޝައިޚް އިބްރާހިމް ފަރީދު އަހްމަދު
މަރްޔަމް ޝަފާ ސައީދު
729ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މެލޭޝިއާގައި އިއްޔެގެ ވަގުތެއްގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ޚިދުމަތް ޖަމިއްޔާއިން ފަށައިފިއެވެ.

ދީނީ ދަރުސެއް ދެއްވުމަށް މެލޭޝިއާއަށް ވަޑައިގަތުމަށްފަހު، އެއާޕޯޓުގައި ހުންނަވަނިކޮށް އަވަހާރަވި ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާކަމަށް ޚިދުމަތް ޖަމިއްޔާއިން މިއަދު ވަނީ ހާމަކޮށްފައެވެ. މި މަޝްރޫޢުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

"ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ސަދަގާތެއް ކުރަން، އެބޭފުޅާގެ އިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެ" ކަމަށް ޚިދުމަތް ޖަމިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

300 × 250

ރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝައިޚް އިބްރާހިމް ފަރީދު އަހުމަދު އިސްލާމް ދީނަށް ކޮށްދެއްވި ޚިދުމަތަކީ ދުލާއި ގަލަމުން ކިޔައިދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެއްކަން ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އިންސާނަކު މަރުވުމަށްފަހު އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބޭ މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ސަދަގާތެއް ކުރުންކަމުގައި ބުނެފައިވެއެވެ.

އުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދުގެ ހަށިކޮޅު މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި އެ މަރްހޫމްގެ މައްޗަށް ޣައިބު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

މިސްކިތު ފަންޑަށް އެހީތެރިވުމަށް:
ޚިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު: 7770000141496

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި