1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިގު 15 އަހަރުގެ މެދުކެނޑުމަކަށް ފަހު, ހިންނަވަރުން މި އަޟްޙާ ޢީދު ފާހަގަކުރީ ހަގީގީ ޖޯޝާއި ފޯރީގައި!

eidds
މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހިންނަވަރުގައި އީދު ކުޅިވަރުތައް----ފޮޓޯ: ހިންނަވަރުކައުންސިލުޕޭޖު
މަރްޔަމް ޝަފާ ސައީދު
1,175ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފޯރިގަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ޅ. ހިންނަވަރުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ޢީދުގެ ހަޤީޤީ ޖޯޝާއި ފޯރި ފެނިގެން ދިޔައެވެ.

15 އަހަރުގެ މެދުކެނޑުމަކަށްފަހު، "ގާހަކަ ރިޓާންސް" އިން އިސްނަގައިގެން މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް އެކި ޢުމުރުފުރާތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ގާހަކަ ރިޓާންސްގެ މެންބަރެއް ޕީއެސްއެމް ނިއުސްއަށް ވިދާޅުވި ގޮތުގައި އެރަށުގައި ބޭއްވި ބޮޑު ކާނިވަލަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

aidsމިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހިންނަވަރުގައި އީދު ކުޅިވަރުތައް----ފޮޓޯ: ހިންނަވަރުކައުންސިލުޕޭޖު

300 × 250

ކާނިވަލްގައި ހިމެނުނު ހަރަކާތްތައް

ކާނިވަލްގައި ހިމެނުނު ފުޑް ސްޓޯލްތަކާއި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވުނު ގޭމިންގ ސްޓޯލްތަކަށް ޒިޔާރަތްކުރި ފަރާތްތަކުން މުޅި ސަރަހައްދު ފުރާލިއެވެ. މީގެ އިތުރުން، އެކި ޢުމުރުފުރާތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ގިނަ ކުޅިވަރު ހަރަކާތްތައްވެސް ކާނިވަލްގައި ހިމެނުނެވެ.

ޚާއްޞަ ޢީދު ޝޯވ

ހިންނަވަރު ޢީދު ޝޯވްގައި ދިވެހިރާއްޖޭގެ މަޝްހޫރު ބޭންޑުތަކުގެ ތެރެއިން އިކުއެޓިކް ވައިބްސް، ޓޫ އޮފް އަސް، ގޮމަ ގްރޫޕް އަދި އެކްސްޓްރީމް ލެވެލް ޑާންސް ގްރޫޕްގެ ލައިވް ޕަފޯމަންސްތައް ހުށަހެޅިއެވެ. އަދި އެކަތި ބޮޑުބެރު އަދި ބިދަބިން ބޮޑުބެރު ގްރޫޕްގެ ޕަފޯމަންސްތަކެއްވެސް ޝޯވްގައި ހިމެނުނެވެ.

eidrމިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހިންނަވަރުގައި އީދު ކުޅިވަރުތައް----ފޮޓޯ: ހިންނަވަރުކައުންސިލުޕޭޖު

ޢީދުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ބޭއްވުނު ޢީދު ހަވީރަކީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ހަރަކާތެކެވެ. ޚާއްޞަކޮށް ރޮބޯމޭންގެ ހުށަހެޅުންތަކަކީ ކުޑަކުދިން އެންމެ ޝައުޤުވެރިކަމާއެކު ބަލާލި ހަރަކާތްކަމުގައި ވެގެންދިޔައެވެ.

"ގާހަކަ ރިޓާންސް" ގެ ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުވެސް މިފަދަ ފޯރިގަދަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އެ ގްރޫޕުން ދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި