1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޢިޖުތިމާޢީ އަދި ޢާއިލީ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ ހާލު ދެނެގަތުން: ޑރ. އައިޝަތު ޝިހާމް

GO2WWnpaQAELdku
ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ހާލު ކިހިނެތް ޕްރޮގްރާމުގެ ޓީމް... ފޮޓޯ: ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ
އާމިނަތު ޝަޒްލާ
249ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކަށް ކުރާ މަސައްކަތަކީ ރައްޔިތުންގެ ހާލު ދެނެގަތުން ކަމުގައި މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، އެ ވުޒާރާގެ މަސައްކަތްތަކާއި ބެހޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އެގޮތުން، މުޖުތަމަޢުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންގެ ހާލަތު ދެނެގަތުމަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ވުޒާރާގެ މުވައްޒަފުން ދަތުރުތައްކުރައްވަމުން ގެންދަވާކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ދަތުރުތަކުގެ ތެރެއިން، މުޖުތަމަޢު ތެރޭގައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތައް ދެނެގަނެވި އެފަރާތްތަކަށް އެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އެނގި ކުރިއަށް ދެވޭކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތްތަކުގައި ރަށުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުއިއްޔާތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

300 × 250

މީގެ އިތުރުން، ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ދެނެގަތުމުން، ތަފާތު ދާއިރާތަކުން މުޖުތަމަޢު ބާރުވެރިކުރުމަށް މަސައްކަތްކުރެވޭ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މި ވުޒާރާއިން ކުރިއަށް ގެންދާ، 'ހާލު ކިހިނެއް' އަދި 'އިބަމަ' ޕްރޮގްރާމްގެ ތެރެއިން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވި މުޖުތަމަޢުގައި އެމީހުންނަކީ ވެސް މުހިންމު ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވިފައިވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން މީހުންނަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެމީހުންނަށް ދިމާވެގެން އުޅޭ ތަފާތު ދަތިތައް ފާހަގަކުރެވި، އޭގެއިން ކުރިއެރުންތަކެއް ލިބޭ" މިނިސްޓަރ ވިދާޅުވިއެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކޮށް އެ ރައްޔިތުންގެ ހާލު ބަލާ، ދަޢުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވެފައި ނުވަތަ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މި ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި