1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޭރު ފައިސާއާ ގުޅޭ އިޞްލާޙުތަކުގެ ސަބަބުން ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަމަހައްޓައިފި

4566525-448496974
ބޭރުފައިސާ... ފޮޓޯ: އެކްސް
އާމިނަތު ޝަޒްލާ
225ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ 'ސީސީ' ގައި ދަމަހައްޓައިފިއެވެ.

އެއީ ދިވެހި ސަރުކާރުން ގެނައި މުހިންމު ބޭރު ފައިސާގެ އިޞްލާޙުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒަރވް ފާހަގަކޮށްލެވޭ ވަރަށް އިތުރުވެފައިވުމުންނެވެ.

މި އަހަރު އޭޕްރީލް ގައި އޮފިޝަލް ރިޒަރވް އެސެޓްސް 856.3 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. މިއީ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ބޭރު ފައިސާއާ ގުޅޭ ޤާނޫނު ތަންފީޒުކުރުމުގެ ސަބަބުންނެވެ.

300 × 250

މި ޤާނޫނުގެ ދަށުން، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ވަކި އަދަދަކަށް ބޭރު ފައިސާގެ އާމްދަނީ ބަދަލުކުރަންޖެހޭއިރު، މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭންކުތަކުން ބަދަލުކުރަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތައިން 90 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ.

ރިޒަރވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭ އާ ދެމެދު ޤާއިމުކުރެވިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމަކީވެސް ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެހީތެރިވެފައިވާ ކަމެކެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިޤްތިސާދު ދެމެހެހެއްޓުމަށާއި ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ބައިވެރިންނަށް ފަހި މާޙައުލެއް އުފެއްދުމަށް ސަރުކާރުން ގެންގުޅޭ އަޒުމާ އެއްގޮތްވާ ކަންކަމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި