"ސްޓޭޓު ޓްރޭޑިން އޮގަނައިޒޭޝަން" އެސްޓީއޯ ޖެނެރަލް ޓްރޭޑިންގއިން މިދިޔަ ރަމަޟާންމަހު ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ އެއްލައްކަ ރުފިޔާގެ އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު އިނާމެކެވެ.

މި ޕްރޮމޯޝަނަކީ ރަމަޟާން މަހުގެ ބަރަކާތްތެރިކަމާއެކު ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމެކެވެ.

މި އިނާމު ހޮވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 12 ޖޫން 2025 ވީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައެވެ.

އެސްޓީއޯއިން ބުނީ މި މުއްދަތުގައި މާލެ އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން ތަފާތު އެކި ޑިސްކައުންޓްތަކާއި އިނާމުތައް ކަސްޓަމަރުންނަށް ދެވިގެންދިޔަ ކަމަށެވެ.