މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މޯލްޑިވިއަންގެ އޭޓީއާރު 72-600 މަރުކާގެ ފްލައިޓް، ވައިބާރުވުމުގެ ސަބަބުން އެ ރަށަށް ނުޖެއްސިގެން އެނބުރި އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.
ފްލައިޓް ނަންބަރު ކިއު2442 ކުޅުދުއްފުއްޓަށް ފުރީ މިއަދު ހެނދުނު 8:34 ގައެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް، މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓުގައި ނުޖެއްސިގެން ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން މަތީގައި އުދުހެން ޖެހުނެވެ. އެއަށްފަހު ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ.
https://twitter.com/AviatorsMaldive/status/1934139574357508392?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1934139574357508392%7Ctwgr%5E137754b81275b42899094c82548d02e2b1e90b0f%7Ctwcon%5Es1_&ref_url=https%3A%2F%2Fras.mv%2Fpost%2F55799
މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު 11:45 އިން ހަވީރު 4:00 އަށް ކުޅުދުއްފުށި ހިމެނޭ ސަރަޙައްދަށް ވައިޓް އެލަރޓް ނެރެފައެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި އެ ސަރަޙައްދުގެ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލުކަން ނެރެފައެވެ. މި ސަމާލުކަން ދެމިއޮންނާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ. އެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެކެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން އަލިވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށާއި، އުތުރާއި މެދުރާއްޖެތެރެއަށް އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.