1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެ

a6bffa77-b4b1-4a50-95de-ea3b761665b7
ހައްޖުވެރިން ރާއްޖެ އައުމަށް އެއާޕޯޓުގައި... ފޮޓޯ: އެކްސް
އާމިނަތު ޝަޒްލާ
202ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ޙައްޖުވެރިން 3ވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައީ މިއަދު މެންދުރު 13:23ގައެވެ.

ޙައްޖުވެރިން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފަހު ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 11 ޖަހާ ކަންހާއިރުއެވެ.

300 × 250

ޙައްޖުވެރިންގެ 3ވަނަ ގުރޫޕުގައި 255 ޙައްޖުވެރިން ހިމެނޭއިރު، މި ގުރޫޕު ރާއްޖެ އައިސްފައިވަނީ ސަޢުދިއާ އެއަރލައިންގެ ބޯޓެއްގައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ހައްޖުވެރިން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރުކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ. ނަމަވެސް މި އަހަރު ދިވެހި ޙައްޖުވެރިން އަންނަނީ ސީދާ މަދީނާއިންނެވެ.

މިއަހަރު ހައްޖަށްދިޔަ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި