1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔޫއެންއެސްކެޕްއަށް ރާއްޖެއިން ކަނޑައަޅުއްވި ދާއިމީ މަންދޫބަށް މަޤާމުގެ ފަތްކޮޅު އަރުވައިފި

Gtps3VTbQAADR9C-1750238418682
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ޚާރިޖީ ވުޒާރާ
އާމިނަތު ޝަޒްލާ
127ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔުނައިޓަޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ ދަ އޭޝިއާ އެންޑް ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ދާއިމީ މަންދޫބު، ހުދާ ޢަލީ ޝަރީފް އެކަމަނާގެ މަޤާމުގެ ފަތްކޮޅު އ.ދ ގެ އަންޑާރ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތައިލޭންޑުގެ ވެރިރަށް ބެންގްކޮކުގައި ހުންނަ އދ. ގެ ކޮންފަރެންސް ސެންޓަރުގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފް ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވާފައެވެ.

300 × 250

އެގޮތުން، ޔޫއެންއެސްކެޕްއާއެކު ގުޅުން ބަދަހިކޮށް، އެ ޖަމުޢިއްޔާގެ މަސައްކަތްތަކުގައި އިތުރަށް ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ޝައުގުވެރިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޔޫއެންއެސްކެޕް އާއެކު އިތުރު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މި ބައްދަލުވުމުގައި އެގްޒެކެޓިވް ސެކްރެޓަރީ ވަނީ ދާއިމީ މަންދޫބު ހުދާ އަލީ ޝަރީފް އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، ދިވެހިރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއަރުވައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ޔޫއެންއެސްކެޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޔޫއެންއެސްކެޕްއަކީ އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ 53 މެމްބަރު ޤައުމު ހިމެނޭ ކޮމިޝަނެކެވެ. މި ކޮމިޝަންގެ މައިގަނޑު އަމާޒަކީ ސަރަޙައްދީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. މީގެ ތެރޭގައި އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ދިވެހިރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށްވީ 1971 ގައެވެ. ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފްއަކީ ދިވެހިރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ޤައުމަކަށް ވީ ފަހުން އެސްކެޕް އަށް ކަނޑައެޅުއްވި ފުރަތަމަ ދާއިމީ މަންދޫބު އެވެ. އަދި، މިއީ އެ މަޤާމަށް އެކަމަނާ ކަނޑައެޅުއްވި ދެވަނަ ފަހަރެވެ.

ދާއިމީ މަންދޭބު ހުދާ ޢަލީ ޝަރީފްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލާރ ޝަޖްނާ އިބްރާހީމް އިޤްބާލް އަދި ސެކަންޑް ސެކްރެޓަރީ ސިޔާނާ ޝިޔާމް ބައިވެރިވެވަޑައިގަތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި