1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް އާންމު ކޮށްފި

މަރްޔަމް ޝަފާ ސައީދު
148ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް މިއަދު އާންމުކޮށްފިއެވެ. މި އިންޑެކްސްގައި އެންމެ ފާހަގަކޮށްލެވޭ ބަދަލެއް އައިސްފައިވަނީ ޔުޓިލިޓީ ދާއިރާއަށެވެ.

އެމްބީއެސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޔުޓިލިޓީ ދާއިރާގައި މިއަހަރުގެ މާރިޗުމަހު އަގުތައް ފެބްރުއަރީ މަހާ އަޅާބަލާއިރު 5.32 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 0.95 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ.

ޔުޓިލިޓީ ދާއިރާގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ކަރަންޓުގެ އަގުތަކަށެވެ. މިގޮތުން ކަރަންޓުގެ އަގުތައް މަހުން މަހަށް 6.68 އިންސައްތަ އަދި ކުއާޓަރލީކޮށް 1.03 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ. ހަމައެހެންމެ، ފެނުގެ ޚިދުމަތުގެ އަގުތަކަށްވެސް އިތުރުވުމެއް އައިސްފައިވެއެވެ.

300 × 250

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މާރިޗު މަހު އަގުތައް 1.54 އިންސައްތަ ދަށްވެފައިވީ ނަމަވެސް، ކުއާޓަރލީކޮށް 15.2 އިންސައްތައިގެ ބޮޑު އިތުރުވުމެއް ވަނީ އައިސްފައެވެ. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާގައިވެސް ފާހަގަކޮށްލެވޭ އިތުރުވުމެއް ވަނީ އައިސްފައެވެ.

ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއަކީ އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި އިންޑެކްސްގައި އަގުތައް ބަލަނީ ޓެކްސް ހިމަނައިގެން ނަމަވެސް ސަބްސިޑީ ނުހިމަނައެވެ. މިއީ އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތެކެވެ.

އެމްބީއެސްއިން މި އިންޑެކްސް އެކުލަވާލަނީ ކޮންމެ ތިން މަހުން އެއްމަހު، ހޮވާލެވިފައިވާ މުއައްސަސާތަކުން އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މި އިންޑެކްސްގެ ސަބަބުން ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރީގެ ޙާލަތު، އެ ސިނާއަތެއްގެ އާންމު ޙާލަތާ އަޅާކިޔުމުގެ ފުރުސަތު ލިބިގެންދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި