1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަރެކްޝަނަލް ސެންޓަރތަކުގެ ޤަވާއިދު އާންމުކޮށްފި

aerial-maafushi-maldives-central-prison-footage-186088666_iconl
މާފުށީ ކަރެކްޝަނަލް ސެންޓަރ... ފޮޓޯ: ސޯޝަލް މީޑިއާ
އާމިނަތު ޝަޒްލާ
269ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޑަކުދިންގެ އަދުލުގު ޤާނޫނުގެ ދަށުން ޤާއިމުކުރާ ކަރެކްޝަނަލް މަރުކަޒުތަކުގެ ޤަވާއިދު އާންމުކޮށްފިއެވެ.

މި މަރުކަޒަކީ އިސްލާހީ ފިޔަވަޅުއެޅުމައްޓަކައި ދިގުމުއްތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާއިމުކުރާ މަރުކަޒުތަކެކެވެ.

ގަވާއިދުގައި ވާގޮތުން ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކަކީ ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބަން ހަދާ މަރުކަޒުތަކެވެ.

300 × 250

ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީތަކަކީ ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްކުރާ، އަދި މުޖުތަމައުއާ އެކަހެރިކޮށްގެން ގެންގުޅެން ޖެހޭ ކުދިން ބައިތިއްބަން ހަދާ މަރުކަޒުތަކެވެ.

މަރުކަޒުގެ ޒިންމާތަކުގެ ތެރޭގައި ކުދިންގެ ސަމާލަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމާއި ބަންދުކޮށްފައި ތިބޭ ކުދިންގެ އާންމު ހާލަތު ބެހެލެއްޓުމާއި މަރުކަޒުގައި ތިބޭ ކުދިންގެ އަމަލުތައް ބަލައި މޮނިޓަރކުރުމާއި ތަނުގެ އަމާންކަން ބެލެހެއްޓުން ހިމެނެއެވެ.

ކުޑަކުދިން މި ގަވާއިދުގެ ދަށުން ކަރެކްޝަނަލް މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުޑަކުދިންނާގުޅޭ ކަންކަމާއި ޕްރޮބޭޝަން ނުވަތަ ޕެރޯލްގެ ދަށުން ދޫކުރާ ކުޑަކުދިންގެ ކަންކަން ބަލަހައްޓައި، މޮނިޓަރ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި ޚާއްސަ ޔުނިޓެއްވެސް ގާއިމުކުރަންޖެހޭނެއެވެ.

ޖިނާޢީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރުފުރައަކީ 15 އަހަރުން މައްޗެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި