1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދައުލަތުގެ ބަޖެޓަށް 1.3 ބިލިއަން ރުފިޔާގެ ކުރިއެރުމެއް!

km
މާލީ ވުޒާރާ
މަރްޔަމް ޝަފާ ސައީދު
396ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދައުލަތުން ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް ޖުމުލަ 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރުވެސް، ދައުލަތުގެ ބަޖެޓަށް 1.3 ބިލިއަން ރުފިޔާ ކުރިއެރުމެއް ލިބިއްޖެއެވެ.

މާލީ ވުޒާރާއިން 12 ޖޫން 2025 ގައި އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ދައުލަތުން ތަންފީޒުކުރަމުންދާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާއެކެވެ.

ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް ހޭދަކުރި 5.1 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް ދައުލަތުން ތަންފީޒުކުރަމުންދާ ހަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއެކު، ދައުލަތުގެ ބަޖެޓުން ކުރެވުނު ހަރަދުތައް ކުޑަކުރެވި، އާމްދަނީ އިތުރުކުރެވިފައިވެއެވެ.

300 × 250

12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ. މީގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 އިންސައްތައިން ދަށްވެފައެވެ.

އާމްދަނީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 12 ޖޫން 2025 ގެ ނިޔަލަށް 17.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހުގެ ގޮތުގައި ޖުމުލަ 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 88.5 އިންސައްތަ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 އިންސައްތަ އިތުރުވެފައިވެއެވެ.

މި އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި