ގދ ތިނަދޫގައި ހިންގާ ރެސްޓޯރަންޓެއްގައި މަސައްކަތްކުރާ ދެބިދޭސީއެއްގެ ދެމެދުގައި ހިންގި މާރަމާރީއެއްގައި އެކަކަށް އަނިޔާވެއްޖެއެވެ.

މަންޒަރު ދުށްމީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، މާރަމާރީ ހިންގާފައިވަނީ ތިނަދޫގައި ހިންގާ ރެސްޓޯރަންޓެއް ކަމަށްވާ އަލިކެފޭގައި މަސައްކަތްކުރާ ކައްކާ އާއި ވެއިޓަރެއްގެ ދެމެދުގައެވެ. އަދި މިމާރަމާރީގައި އަނިޔާލިބިފައިވަނީ އެތަނުގައި މަސައްކަތްކުރާ ވެއިޓަރަށް ކަމަށާއި، ޖެހުމުގެ ސަބަބުން އޭނާގެ މޫނުމައްޗަށް އެކިވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، މާރަމާރީ ހިންގާފައިވަނީ، ދެމީހުންގެ ދެމެދުގައި ޒުވާބު ކުރުމަށްފަހު އެތަނުން ވެރިޓަރަކަށް މަސައްކަތް ކުރާ ބިދޭސީ މީހާ އެތަނުގެ ވެރިޔާއަށް ގުޅުމަށް މަސައްކަތް ކުރުމުން ކަމަށެވެ.