1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއަށް ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ހާލަތުތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް!

big_WyMD9xErDxuSCSZpeLGg4JTy2
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް... ފޮޓޯ: މަޖިލިސް
އާމިނަތު ޝަޒްލާ
164ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖެއަށް ހަނގުރާމައިގެ ސަބަބުން ކުރިމަތި ވެދާނެ ހާލަތުތަކަށް ފިޔަވަޅުއަޅައި، ކުރިޔާލާ ފިޔަވަޅުތައް އަޅަންވެއްޖެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމްއެވެ.

މީކާއީލް ވިދާޅުވީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާދޭން ފަށައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި އެތައް ދުވަހަށް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ރޭ ހަމަލާ ދިނުމުން ދޯހާ އާއި ދުބާއީ ފަދަ މަންޒިލްތަކުން ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާ ކަމަށް ޚަބަރު ލިބެމުންދާ ކަމަށް މީކާއީލް ވިދާޅުވިއެވެ.

300 × 250

ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް ވެސް މީކާއިލް ވަނީ އެ ގަރާރުގައި ފާހަގަކުރައްވާފައެވެ.

މިކަމުގެ ނަތީޖާ އެއްގެ ގޮތުން ދިވެހިރާއްޖެ އަށް ޓޫރިސްޓުން އައުން މަދުވެ އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރުފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ދިވެހިރާއްޖެ އަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީކާއީލް ވިދާޅުވީ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް މެދު ނުކެނޑި އެތެރެ ކުރެވޭނެކަން ކަށަވަރު ކުރުމާއި ބޭހާއި ކާޑުގެ ބާވަތްތަކާއި ތުއްތު ކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހުރިތޯ ނުވަތަ ނޫންތޯ ސަރުކާރުން ރައްޔިތުންނަށް އަންގަވައިދެއްވަންވާނެ ކަމަށް ދެކޭ ކަމަށް ވެސް މީކާއިލް ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި