1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިނިވަން 60ގެ ލޯގޯ އާންމުކޮށް ދައްކާލައިފި

60 (2)
ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ޚާއްސަ ލޯގޯ،
މަރްޔަމް ޝަފާ ސައީދު
458ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ޚާއްސަ ލޯގޯ، ރޭގަނޑު 8:00 ގެ ޚަބަރުތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއިން ވަނީ އާންމުކޮށް ދައްކާލާފައެވެ. މި ލޯގޯ މިހާރުން ފެށިގެން މިނިވަން ދުވަހުގެ ހަރަކާތްތަކާއި ދައުލަތުގެ ލިޔެކިއުންތަކުގައި ބޭނުންކުރެވޭނެއެވެ.

މިނިވަންކަމަށް 60 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، މިއަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިމަހު ކުރީކޮޅު ވަނީ ހުޅުވާލާފައެވެ. ލޯގޯ ފަރުމާކުރުމުގައި އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒުކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށްދޭން ޖެހޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖެ ރަމްޒުވާ ކުލަތައް ލޯގޯގައި ބޭނުންކުރުމަށްވެސް ވަނީ އަންގާފައެވެ.

މިނިވަން-60 ލޯގޯއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހިބަހާއި ސަޤާފަތާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢާއިޝަތު ޙަމްލާ ވިދާޅުވީ، ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު ގާތްގަނޑަކަށް 30 ހުށަހެޅުން ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ލޯގޯތައް އިންސާފުކުރުމަށް ޙާއްސަ ކޮމެޓީއެއް އެކުލަވައި އެ މަސައްކަތް ކުރިއަށް ގެންދެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

300 × 250

"ދެ މަރުހަލާއަކަށް މަސައްކަތް ކުރެވިފައިވޭ. ފުރަތަމަ މަރުހަލާގައި ބެލީ، ހުށަހަޅާފައިވާ ލޯގޯތަކުން އުސޫލާއި އެއްގޮތަށް ހުށަހެޅީ ކޮން ބޭފުޅުންތޯ. ދެވަނަ މަރުހަލާގައި ބެލީ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައި ހުރީ ކިހާ ލޯގޯއެއްގެ ތޯ" ޙަމްލާ ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ބެހޭ ވުޒާރާއިން ފަނޑިޔާރުންގެ ޚާއްސަ ކޮމެޓީއެއް ވަނީ ކަނޑައަޅާފައެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ: އަލްއުސްތާޛް ކަޝިމާ އަހުމަދު ޝާކިރު (ދިވެހި ތާރީޚުގެ އިސްވާރު)، މުހައްމަދު އަބްދުލް ޤާދިރު (ސުމޭކު އިސްވާރު)، މުހައްމަދު ޝަހުރުއްޒިޔާދު (ވުޒާރާގެ ޑިރެކްޓަރ) އަދި ފަރެސް މުހައްމަދު އާމިރު (ޤައުމީ އަޝްރީފުގެ ޑިރެކްޓަރ ޖެނެރަލް) އެވެ.

ލޯގޯއަށް އިންސާފު ކުރުމުގައި ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށް ފަނޑިޔާރުންގެ ކޮމެޓީގެ މެންބަރު މުހައްމަދު އަބްދުލްޤާދިރު ވިދާޅުވިއެވެ. މިގޮތުން ފަނޑިޔާރުން އިންސާފުކޮށްފައިވަނީ، މިމަރުހަލާ އިންސާފުވެރިކުރުމުގެ ގޮތުން ނަންބަރު ދެވިފައިވާ ލޯގޯތަކަށް ކަމަށާއި، އިންސާފު މަރުހަލާ ނިމި މާކްސްތައް ދެވިފައިވާ ގޮތަށް ބެލިއިރު ހުރިހާ ފަނޑިޔާރުންގެ ރަޢުޔު ދިމާވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް 1 އަށް ފެނުނު ލޯގޯއާއި މެދު ވަރަށް ހިތްހަމަޖެހޭ. އޭގައި އެބަހުރި ދިވެހި ވަންތަކަން. ޤައުމީ ވަންތަކަން. ހުރިހާ ސިފަތަކެއް އޭގައި ހިމެނޭ. އަޅުގަނޑުމެން އިތުރަށް ބެލި މިއާއި ވައްތަރު ލޯގޯތައް ހުރިތޯ ދުނިޔޭގެ އެހެންތަނަކުވެސް، އެގޮތަށް ބަލާފައި ޝައްކެއް އުފެދޭ ކަމެއް ނެތީމަ މި ލޯގޯ ނަގާފައިވަނީ. " އަބްދުލްޤާދިރު ވިދާޅުވިއެވެ.

މިނިވަންކަމަށް 60 އަހަރުފުރުމާއި ގުޅިގެން ބޭނުން ކުރާ ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރުމަށް 3 ދުވަހުގެ މުއްދަތެއް ނެގި ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއަހަރު ބޭނުން ކުރާނެ ލޯގޯ އާންމުކޮށް ދައްކާލުމާއެކު، މިއަހަރު މިނިވަން ދުވަހުގެ ކައުންޓްޑައުންވެސް ޕީއެސްއެމްއިން 12:00 ޖެހުމާއެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި